އަމީނީ މަގު ހަދާ ގޮތުން ތޮއްޖެހުން އިތުރަށް ގޯސްވާނެ: މޭޔަރު

މާލޭގެ އަމީނީ މަގު ތަރައްޤީކުރާއިރު އެ މަގުގައި ދުއްވަން އޮންނަ ބައި ހަނިކުރާތީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިކަމާ ގުޅިގެން މުޢިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމީނީމަގު ހަދަމުންދަނީ ޕޭވްމަންޓް ވަރަށްފުޅާކޮށް، މަގުގެ ދުއްވަން އޮންނަބައި 25ފޫޓުން 21 ފޫޓް 10އިންޗިއަށް ހަނިކޮށްކަމަށެވެ.
އެހެންކަމުން މަގުގެ ތޮށްޖެހުން އިތުރަށް ގޯސްވާނެކަމަށް ފެންނަ ކަމަށާއި ބިމުގެ އަޑިއަށްލުމަށް ކުރިން ނިންމާފައިވާ "ކޭބަލްޓްރޭ" އަނެއްކާވެސް ބިމުން މަތީގައި ހަދަމުންދާތަން ފެންނަމުންދާ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
https://twitter.com/mmuizzu/status/1577264454517264385?s=46&t=YaTe9t2aTtGWwNjRPA_htQ
މާލޭގެ އަމީނީ މަގު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއެވެ. މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ އޮގަސްޓްމަހުގެ 30ވަނަ ދުވަހުއެވެ.
އަމީނީމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ.
އަމީނީ މަގަކީ މާލޭގެ މައި އެއްމަގެވެ. މި މަގުގައި ސުކޫލުތަކާއި ސަރުކާރުގެ މުހިއްމު ބައެއް އިދާރާތަކުގެ އޮފީސްތައްވެސް ހުރެއެވެ. މި މަގުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމާފައިވަނީ އާންމުންނަށް ވީހާވެސް ތަކުލީފު ކުޑަވާނެހެން، މަގު ބައިބަޔަށް ބަހާލައިގެންނެވެ.




.jpeg?prefix=media)


ކޮމެންޓް