Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

މުދައްރިސުންގެ ޤައުމީ ޚިދުމަތަށް މުޅި ޤައުމު ވަނީ ދަރާފައި: ރައީސް

މުދައްރިސުންގެ ޤައުމީ ޚިދުމަތަށް މުޅި ޤައުމު ވަނީ ދަރާފައި: ރައީސް

މުދައްރިސުންގެ އިޚްލާސްތެރި ބުރަ ޤައުމީ ޚިދުމަތަށް މުޅި ޤައުމު ދަރާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުދައްރިސުން ދޫކޮށްލާ ހެޔޮ ތަސައްވުރަކީ ދާއިމީ ތަސައްވުރެއް ކަމަށެވެ. އަދި މުދައްރިސުންގެ އަމިއްލަ އެދުން ކުޑަ ބުރަ މަސައްކަތުގެ ސަބަބުން މުޅި ޤައުމު މުދައްރިސުންނަށް ދަރަނިވެރިވެފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދަރިންނަށް ތަޢުލީމު އުނގަންނައިދީ, މަގުދައްކައިދީ, ދިރިއުޅުމަށް އެ ކުދިން ތައްޔާރުކުރާ މީހުން ކަމަށާއި, ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މުދައްރިސުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް