މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައިިފި

ކ.ރިހިވެލި ރިސޯޓު ކައިރިއަށް މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައިިފިއެވެ.
ސިމެންތި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ އެ ދޯނި ބަންޑުން ޖަހައިލީ މިއަދު ހެނދުނު 09:15 ހާއިރުއެވެ.
ރިހިވެލި ރިސޯޓުގެ މުވައްޒަފަކާ ހަވާލާދީ ''ދައުރު'' އިން ރިޕޯޓުކުރި ގޮތުގައި ބަންޑުން ޖަހައިލި ދޯނީގައި ދިވެއްސަކާއި ދެ ބިދޭސީން ތިއްބެވެ. އެ ރިސޯޓުގެ ދޯންޏެއްގައި އެ ތިން މީހުން ވަނީ އެ ރިސޯޓަށް ގެންގޮސްފައެވެ.
މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތެއްގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.