Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މި މަހުގެ 31 ގައި މަޖިލީހަށް ބަޖެޓް ހުށަހަޅަނީ

މި މަހުގެ 31 ގައި މަޖިލީހަށް ބަޖެޓް ހުށަހަޅަނީ

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް މިމަހުގެ 31 ވަނަ މަޖިލީހަށް ހުށަހަޅާނޭކަން ފިނޭންސް މިނިސްޓްރީ ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކިއުޓިވް އަހުމަދު ސަރުވާޝް އާދަމް ވިދާޅުވީ އޮފީސްތަކުގެ ބަޖެޓު އިވެލުއޭޓުކޮށް މިހާރު ނިމިފައިވާ ކަމަށާއި މިވަގުތު ކުރަނީ ދައުލަތުގެ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ އަޕްޑޭޓުތައް ބެލުމާއި، އެކަންކަން ފައިނަލްކުރުމުގެ މަސައްކަތްތައް ކަމަށެވެ.

ސަރުވާޝް ވިދާޅުވީ ބަޖެޓުގައި އަންނަ އަހަރު އަލަށް ހިމަނާނެ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރުމުންދާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 36.99 ބިލިއަން ރުފިޔާ ރުފިޔާގެ ބަޖެޓެކެވެ. އެކި މަޝްރޫއުތަކާއި އެކި އެކި ކަންކަމަށް ސަރުކާރުން ވަނީ 73 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓަށް އިތުރުކޮށްފައެވެ. މިއަހަރުގެ ބަޖެޓް ފާސްކުރީ 64 މެމްބަރުންގެ ވޯޓުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް