Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބަންޑުންޖަހާލި ލޯންޗުން ގެއްލުނު މީހާ އަދިވެސް ނުފެނޭ

ބަންޑުންޖަހާލި ލޯންޗުން ގެއްލުނު މީހާ އަދިވެސް ނުފެނޭ

އއ.މާޅޮހުގެ ދެކުނުން ބަނޑުން ޖަހާލާފާއި އޮތް ލޯންޗުން ގެއްލުނު މީހާ އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު “ދެން”އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ލޯންޗު ބަންޑުންޖަހާލި ހާދިސާގައި ފެރިދޫ ފުއްޓަރު ކައިރިން ފެނިގެން އެ ރަށު ސިއްޙީ މަރުކަޒުގައި ފަރުވާ ފަރުވާހޯދަމުން ދިޔަ މީހާގެ އާއިލާގެ އެދުމަށް ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ.

އޭނާ މިހާރު ފަރުވާ ހޯދަމުން ދަނީ އައިޖީއެމްއެޗްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ގެެއްލުނު މީހާ ފެނިފައިނުވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއްގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ 13:00ހާއިރުއެވެ. ލޯންޗުފުރީ މާލެ، ކުރީގެ ކުނިކޮއްޓާ ދިމާއިން ކަމާއި އެ ލޯންޗުން ދަތުރުކުރީ ދިވެހި ދެ ފިރިހެނުންކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ގެއްލުނު މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމާ 119 ނުވަތަ 3322111 އަށް ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް