ޚަބަރު

ނޭކުރެންދޫ ޖަލާއެކު ކުށުގެ ވެއްޓަަށް ބޮޑު ބަދަލެއް އަންނާނެ: މިނިސްޓަރ އިމްރާން

ރައުފާ ރަޝީދު ، ދެން އޮންލައިން

ހދ. ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޖަލާއެކު ރާއްޖޭގެ ކުށުގެ ވެއްޓަށް ބޮޑު ބަދަލެއް އަންނާނެކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓަރ މިފަދައިން ވިދާޅުވީ ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޖަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ނޭކުރެންދޫގައި ޖަލު އެޅުމަކީ ކުށްތަކަށް އަރައިގަންނަ ޒުވާނުން އަނބުރާ މުޖުތަމަޢުއަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތުގެ ތެރެއިން އެންމެ މުހިއްމު އެއް މަސައްކަތްތަކަމަށެވެ.

އަދި ރާއްޖޭގައި މިވަގުތު ގޭންގުތަކާއި ޑްރަގް ނެޓްވޯކްތަކުގައި ޖެހިފައިވާ ޒުވާނުންނަށް ވަރަށް ބޮޑަށް އަޅާލުންތެރިކަން ބޭނުންވާ ކަމަށާއި އެކަމަށް އޮތް އެންމެ ބޮޑު ހައްލަކީ މިއަދު ދުނިޔޭގެ ގައުމުތަކުގައި ކާމިޔާބުކަމާއެކު ތަންފީޒުކުރަމުން ގެންދާ އިންޑަސްޓްރިއަލް ނުވަތަ އޯޕަން ޕްރިޒަން އެއް ރާއްޖޭގައި ގާއިމުވެގެން ދިއުން ކަމަށެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ނޭކުރެންދޫ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގައި ހިމެނެނީ ޖަލުގެ ވަށާ ފާރު ރޭނުމެވެ. މި މަޝްރޫޢުއަށް ދަޢުލަތުގެ ބަޖެޓުން 15 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!