ޚަބަރު ޝަރުޢީ ދާއިރާ

ޒަޔާންގެ މަރު: ހަތަރު ކުއްޖެއްގެ މައްޗަށް ދަޢުވާ އުފުލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޒަޔާން

އައްޑޫ ސިޓީ, ސޮލިޑް, މުޙައްމަދު ޒަޔާން މޫސާ (21 އ) އަށް ތޫނު އެއްޗަކުން ޙަމަލާދީ މަރާލި މައްސަލާގައި 4 ކުއްޖެއްގެ މައްޗަށް ދަޢުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިިފިއެވެ.

Ads by MWSC

ޕްރޮސެކިއުޓާ ޖެެނެރަލްގެ އޮފީހުން މިއަދު ބުނީ, މިދިޔަ ޖޫންމަހުގެ ދެވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ގުރޫޕު ހަދައިގެން އައްޑޫ ސިޓީގެ ގެއަކަށް ވަދެ ތޫނު އެއްޗަކުން ހަމަލާދީ ޒަޔާން މަރައިލި މައްސަލައިގައި ހަތަރު ކުއްޖެއްގެ މައްޗަށް ދަޢުވާކުރަން ޖުވެނައިލް ކޯޓަށް ފޮނުވީ މި މަހުގެ 06 ދުވަހު ކަމަށެވެ.

އެ ގޮތުން 18 އަހަރުން ދަށުގެ އެއް ކުއްޖެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާއިރު, ދެން ތިބި ތިން ކުދިންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދަޢުވާއެވެ.

ޕީޖީ އޮފީހުން ބުނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދަޢުވާލިބޭ 03 ކުދިންގެ ތެރެއިން 02 ކުދިން ކުށަށް އިޢުތިރާފުވެ، ޑައިވާރޝަން ފުރުސަތަށް އެދިފައިވާތީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ޑައިވާރޝަން އެގްރީމެންޓް ހެދިފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ޢުމުރުން 18 އަހަރުން މަތީގެ 05 މީހެއްގެ ބައި އިތުރަށް ތަޙުޤީޤުކުރަމުންނެވެ. ތަޙުޤީޤުގައި ކުރަންހުރި މަސައްކަތްތަކަށް ބަލައި، މައްސަލަ ތަޙުޤީޤުކުރުމުގެ މުއްދަތު އިތުރުކޮށްދެމުންދާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި މައްސަލައިގައި ދަޢުވާލިބޭ 04 ކުދިންނާއި, ތުހުމަތުކުރެވޭ 05 (ފަހެއް) މީހުން ތިބީ ބަންދުގައެވެ. އެ މީހުންނަކީ އައްޑޫ ސިޓީގެ ”މަގުއްދޫ“ ގުރޫޕަށް ނިސްބަތްވާ މީހުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!