ޚަބަރު

ކުޑަކުދިންނަށް ހާއްސަ ބޭސްތަކެއް ބޭނުން ނުކުރަން އަންގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑިއާގައި އުފައްދާފައިވާ ކުޑަކުދިންނަށް ހާއްސަ ކޯފް ސިރަޕް ތަކެއްގެ ރައްކާތެރިކަން ކަށަވަރުނުވާތީ މި ބޭސް ތަކުގެ ބައެއް ބެޗްތައް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑަރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

Ads by Hajj Corporation

އެމްއެފްޑީއޭ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މައިޑެން ކުންފުނިން އުފައްދާ ކުޑަކުދިންގެ ކޯފް ސިރަޕްގައި "ޑައިތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ކިޔާ މާއްދާތަކެެއް ހިމެނޭތީ ބޭސްތައް ތަޣައްޔަރު ވެފައިވާ ކަމަށް ގެންބިޔާއިން ޑަބްލިއުއެޗްއޯއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ އިއުލާންގައި ބުނެފައިވަނީ ސަމާލުވާން އަންގާފައިވަނީމިބޭސްތަކަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓްގައި ހިމެނޭ ބޭހެއް ނޫން ކަމަށާއި ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯޓް ވުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.

އެމްއެފްޑީއޭ އިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައި ފާސްކުރަމުން ގެންދާނެ ކަމަށެވެ. އަދި މަނާކުރި ބޭސްތަކާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެ އޮތޯރިޓީއާ ހިއްސާކުރުމަށްވެސް އެދިފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!