ޚަބަރު ސިޔާސީ

އަޅުވެތި ވާނީ މިހާ ވަރަށް, ދައުލަތެއްގެ ސިފަ މިވަނީ މުޅިން ގެއްލިފައި: ހިސްޓޯ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝިފާޤް މުފީދު. ފޮޓޯ: ވަން

ޤައުމެއް އަޅުވެތި ވާނީ މިހާ ވަރަށް ކަމަށާއި, ދައުލަތެއްގެ ސިފަ މުޅިން ގެއްލިފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ޝިފާޤް މުފީދު (ހިސްޓޯ) މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ހިސްޓޯ މިހެން ވިދާޅުވީ ވިލިމާލޭ ފަރަށް ޕްލެޓްފޯމު އެރުމާ ގުޅިގެން ލިބުނު ގެއްލުން ބަލައި ހެދި ރިޕޯޓަށް ޖަވާބުދާރީވުމަށް އިންޑިއާގެ އެފްކޯންސް ކުންފުންޏަށް އެންގުމުން އެކަން ގަބޫލުނުކޮށް އެ ކުންފުނިން ވެސް ސާވޭ ހަަދަން ބޭނުންވާކަމަށް ބުނެ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ހުށަހެޅުމާ ގުޅިގެންނެވެ.

ހިސްޓޯ ވިދާޅުވީ މިދާ ވަރުން ދަންޏާ އިންޑިއާ މީހެއްގެ މައްޗަށް ރާއްޖޭގެ ކޯޓަކުން ޙުކުމެއްކޮށްފި ހާލަތެއްގައި ޝަރީޢަތް ޤަބޫލު ނުކުރާނެ ކަމަށެވެ. އަދި އަމިއްލައަށް ޝަރީޢަތް ހިންގަން ބޭނުންކަމަށް ބުނެ ހުށަހެޅުމުން އެއަށް ދިވެހި ދައުލަތް ކުޑަކަކޫ ޖަހާ ހިސާބަށް ދާނެ ކަމަށެވެ.

ހިސްޓޯ ވިދާޅުވީ އަޅުވެތި ވާނީ މިހާ ވަރަށް ކަމަށެވެ. އަދި ދައުލަތެއްގެ ސިފަ މުޅިން ގެއްލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!