ޚަބަރު ސަރުކާރު

ނިލަންދޫ ކައުންސިލު: މާލީ ބަޔާނުގައިވާ 53 މިލިއަން ރުފިޔާއަކީ ސައްހަ އަދަދެއްކަން ކަށަވަރުުކުރެވޭކަށް ނެތް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މިހާރުގެ އޮޑިޓާ ޖެނެރަލް ޙުސައިން ނިޔާޒީ

ގއ.ނިލަންދޫ ކައުންސިލުގެ މާލީ ބަޔާނުގައި ހަރުމުދަލުގެ އަގުގެ ގޮތުގައި ހިމަނާފައިފައިވާ 53 މިލިއަނަށްވުރެ ގިނަ ރުފިޔާއަކީ ސައްހަ އަދަދެއްކަން ކަށަވަރުުކުރެވެން ނެތްކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފިއެވެ.

Ads by Sosun Fihaara

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ނިލަންދޫ ކައުންސިލުގެ 2020 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓު މިއަދު ޢާންމުކޮށްފައެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމެނޭ މުދާތަކުގެ ބަލަހައްޓަންޖެހޭ މައުލޫމާތުުތަކުގެ ތެރޭގައި އިންވެންޓްރީ ކޯޑުު ނަންބަރާއި, މުދަލުގެ ފުރިހަމަ ނަމާއި ތަފުސީލާއި, މުދާ ހުރިތަނާއި, މުދާ ލިބުނުު ތާރީޚާއި, މުދަލުގެ އަގުު އަދި އިތުރުު މަޢުލޫމާތުު ހިމެނެއެވެ.

އޮޑިޓް އޮފީހުން ބުނީ އެ ގޮތުން ކައުންސިލްގެ އިދާރާއިން ހަރުމުދަލުގެ ދަފްތަރެއް ބަލަހައްޓާފައިވީ ނަމަވެސް ބައެއް މުދަލުގެ ސީރިއަލް ނަންބަރާއި މޮޑެލް ނަންބަރު، މުދާ ލިބުނުުތާރީޚް، މުދާ ހުރިތަން އަދި މުދަލުގެ އަގުު ރަޖިސްޓަރީގައި ހިމަނާފައި ނުވާކަމާއި، އިދާރާގައި ހުރި ބައެއް ހަރުމުދަލުގައި އެ ހަރުމުދަލަށް ދީފައިވާ އައިޑެންޓިފިކޭޝަން ނަންބަރު ޖަހާފައި ނުވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

''އެހެންކަމުން، މާލީ ބަޔާނުގައި ހަރުމުދަލުގެ އަގުގެ ގޮތުގައި ހިމަނާފައިފައިވާ 53,054,924 (ފަންސާސް ތިން މިލިއަން ފަންސާސް ހަތަރުު ހާސް ނުވަ ސަތޭކަ ސައުވީސް ރުފިޔާއަކީ) ސައްހަ އަދަދެއްކަން ކަށަވަރުު ކުރެވެން ނެތްކަން ފާހަގަ ކުރަމެވެ.''

ދައުލަތުގެ އޮފީސްތަކުގައި ހުންނަ ހަރުމުދާ ހަމައަށް ހުރިތޯ
މަދުވެގެން އަހަރަކު އެއްފަހަރު އެ އޮފީހެއްގެ މާލީ ޒިންމާދާރުވެރިޔާ ކަނޑައަޅާ އުސޫލެއްގެ މަތިން ޗެކުކޮށް ބަލަންވާނެކަމަށް ގަވާއިދުގައި ބަޔާން ކޮށްފައިވީ ނަމަވެސް, ކައުންސިލްގެ އިދާރާއިން، 2020 ވަނަ އަހަރުު ހަރުމުދާ ޗެކްކޮށްފައިވާކަން ުލިޔުމުން އެނގެން ނެތްކަމަށް ވެސް އޮޑިޓް އޮފީހުން ބުންޏެވެ.

އޮޑިޓް އޮފީހުން ވަނީ ގަވާއިދާ އެއް ގޮތަށް ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުމަށް ކައުންސިލަށް ލަފާދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!