ޚަބަރު

މިންހާޖު ހޯދުމަށް އަނެއްކާވެސް ބޮޑު ސަރަހައްދެއް ބަލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ސ. ހިތަދޫ މިންހާ، މުހައްމަދު މިންހާޖު ހޯދުމަށް އަނެއްކާވެސް ބޮޑު ސަރަހައްދެއް ބަލައިފިއެވެ.

Ads by STELCO

ފުލުހުން ވިދާޅުވީ އއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހާލައި، އެ ލޯންޗުން ދަތުކުރި މީހަކު ގެއްލިފައިވާތީ އެ މީހާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 87.6 ސްކޮޔާ މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

އއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހާލައި، އެ ލޯންޗުން ދަތުރުކުރި މީހަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2022 އޮކްޓޯބަރ 7 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

ފުލުހުން ވިދާޅުވީ ލޯންޗުން ދަތުރުކުރި ކަމަށް ބުނާ ދެ މީހުންގެ ތެރެއިން އެކަކު، އޮކްޓޯބަރ 5 ވަނަ ދުވަހުގެ 13:00 އެހައިކަންހާއިރުން ފެށިގެން ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ރިޕޯޓްކޮށްފައިވަނީ އޮކްޓޯބަރ 6 ވަނަ ދުވަހުގެ 20:50 އެހައިކަންހާއިރު ކަމަށެވެ.

ލޯންޗުން ދަތުރުކުރި ދެ މީހުންގެ ތެރެއިން އެކަކު ފެރިދޫ ފުއްޓަރާ ދިމާއިން އޮކްޓޯބަރ 7 ވަނަ ދުވަހު ވަނީ ފެނިފައެވެ. އަދި އޭނާއަށް ފެރިދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް އާއިލާގެ އެދުމަށް އޭނާ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!