ދުނިޔެ

ޓައިވާންގެ މައްސަލަ ސުލްހަ ވާނީ ޗައިނާއަށް ކޮންމެ ވެސް ވަރެއްގެ ހިއްސާއެއް ދީގެން: އިލޮން މަސްކް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓައިވާނާއި ޗައިނާގެ މައްސަލައިގައި މަޝްރަޙް ހޫނުވެފައިވާ ދަނޑިވަޅެއްގައި، އެ މަޝްރަޙް ސުލްހަ ކުރެވޭނީ ޗައިނާއަށް ޓައިވާންގެ ކޮންމެ ވެސް ވަރެއްގެ ކޮންޓްރޯލެއް ދީގެން ކަމަށް ބިލިޔަނަރު އިލޮން މަސްކް ބުނެފިއެވެ.

Ads by Sosun Fihaara

ޗައިނާއިން ވަކާލާތު ކުރާ ގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ. ނަމަވެސް ޓައިވާނަކީ އަމިއްލަ ވެރިކަމެއް ކުރަމުން އަންނަ ޤައުމެކެވެ.

ފައިނޭންޝިއަލް ޓައިމްގައި ވާހަކަ ދައްކަމުން މަސްކް ބުނެފައިވަނީ މިފަދަ މައްސަލަތަކުގައި ގޮތް ކަނޑައަޅަން ޖެހެނީ ވަރަށް ބަލައިގެން ކަމަށާއި ދެކޮޅު އުފާވާ ގޮތެއް ނުހޯދޭނެ ކަމަށެވެ. އަދި އޭނާ އަމިއްލަ ވިސްނުމަށް ވިސްނާނަމަ އެންމެ ރަނގަޅު ގޮތަކީ ޗައިނާއަށް ޓައިވާންގެ ކޮންމެވެސް ވަރެއްގެ ބާރެއް ދިނުން ކަމަށް ބުނެފައިވެއެވެ.

ޗައިނާއިންވަނީ ޓައިވާނުގައި ވަން ކަންޓްރީ، ޓޫ ސްޓޭޓްސްގެ ސިސްޓަމް ޤާއިމް ކުރަން ހުށަހަޅާފައެވެ. ނަމަވެސް ހޮންގް ކޮންގްގައި މިހާރު އަމަލު ކުރަމުން އަންނަ ސިޔާސަތުތަކުގެ ސަބަބުން ޓައިވާނުން މިފަދަ އުސޫލަކަށް ދާން ބޭނުމެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!