Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރާޅާއަޅަން ގޮސް އުޅުނު ފިރިހެނަކު ގެއްލިއްޖެ

ރާޅާއަޅަން ގޮސް އުޅުނު ފިރިހެނަކު ގެއްލިއްޖެ

ރާޅާއަޅަން ގޮސް އުޅުނު ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މ.މުލި ރާޅުގަނޑު ސަަރަހައްދުގައި ރާޅާއަޅަން ގޮސްއުޅުނު ފިރިހެން ފަތުރުވެރިޔަކު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި ރަޅާއަޅަން ގޮސް އުޅުނު 7 ފަތުރުވެރިންގެ ތެރެއިން އެކަކު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 12:47 ހާއިރު ކަމަށާއި މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުން އެ ސަރަހައްދަށް ގޮސް، ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ގެއްލުނު ފަތުރުވެރިޔާ އެންމެ ފަހުން ލައިގެން ހުރީ ކަޅު ޓީޝާޓެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް