Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހު، ޚާއްޞަކޮށް އުތުރާއި މެދުރާއްޖެ ތެރޭގައި ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެ ގޮތުން އެމްއެންޑީއެފުން ވަނީ ދަތުރަށް ފުރާއިރު, އެ ދަތުރު ކުރާ އުޅަނދަކީ ސަލާމަތާއި ރައްކާތެރިކަމުގެ ވަސީލަތްތައް ފުރިހަމަވެފައިވާ އުޅަނދެއްތޯ ޔަޤީން ކުރުމަށް އިރުޝާދު ދީފައެވެ. އަދި ދަތުރު ކުރާއިރު އެއްވެސް ކަމެއް ދިމާވެއްޖެނަމަ، ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑު ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ވެސް ވަނީ އެދިފައެވެ.

Advertisement
Ooredoo — Square (box)

''ދަތުރަށް ފެށުމުގެ ކުރިން މޫސުމަށް ބައްލަވައި ރައްކާތެރި މަގެއް ޚިޔާރު ކުރައްވައި ދަތުރު ކުރެއްވުމަށް ވެސް އިލްތިމާސް ކުރަމެވެ.''

މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުން މިހާރު ވަނީ ށ.އަތޮޅުން ފެށިގެން ދ.އަތޮޅަށް މިއަދުގެ 9:15 އިން ފެށިގެން މެންދުރުފަހު 13:00 އާ ހަމައަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ. މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް