Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ މައުރަޒެއް ބާއްވަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ މައުރަޒެއް ބާއްވަނީ
ނުކުޅެދުންތެރިކަން ހުންނަ މީހުން ކުރާ މަސައްކަތްތަކާއި އެ މީހުންގެ ހުނަރުތައް ދައްކައިލުމަށްޓަކައި ޖެންޑަ މިނިސްޓްރީން މައުރަޒެއް ބާއްވަން ނިންމައިިފިއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމުގެ މަޤުޞަދުގައި "ރިވެލި ތަރި" މައުރަޒު ގެ ނަމުގައި މައުރަޒެއް ބާއްވަން ނިންމައިފައިވާ ކަމަށެވެ.

"ރިވެލި ތަރި" މައުރަޒަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް، 2022 އޮކްޓޯބަރު 13 ވާ ބުރާސްފަތި ދުވަހުގެ  09:00ން ފެށިގެން،2022 އޮކްޓޯބަރު 30 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ފުރުޞަތު ހުޅުވައިލައިފައެވެ.

ބައިވެރިވާން އެދޭ ފޯމް މިއަދުން ފެށިގެން މި މަހުގެ 30 އާ ހަމައަށް މިނިސްޓްރީ އާއި އެތަނުގެ ދަށުން އަތޮޅު ތެރޭގައި ހިންގަމުން ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކުގެ އިތުރުން މިނިސްޓްރީގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

Advertisement
Allied — Dhen Online (box)

"ރިވެލި ތަރި" ގެ ނަމުގައި ބާއްވާ މައުޒަރު އޮންނާނީ އަންނަ މަހުގެ 14 އާއި 15 ގައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް