Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހުޅުމާލޭ ފަޅުތެރޭގައި އޮތް ދޯންޏެއް އަޑިއަށްދާތީ ސިފައިން ހަރަކާތްތެރިވަނީ

ހުޅުމާލޭ ފަޅުތެރޭގައި އޮތް ދޯންޏެއް އަޑިއަށްދާތީ ސިފައިން ހަރަކާތްތެރިވަނީ
ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏެއް ދިޔަވެ އަޑިއަށް ދާތީ، ކޯސްޓްގާޑުން ހަރަކާތްތެެރިވާން ފަށައިފިއެވެ. އެމްއެންޑިއެފްއިން ވިދާޅުވީ ހުޅުމާލޭ ފަޅުތެރޭގައި، އެމްޕީއެލް ސަރަހައްދާ ދިމާ ބޭރުގައި އަޅާފައި އޮތް "ހީނާމާ" ނަމަކަށް ކިޔާ ދޯންޏެއް ދިޔަވެ އަޑިއަށް ދާތީ، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައިވާ ކަމަށެވެ.

އަދި މި ދޯންޏަށް ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު އެމްއާރްސީސީއަށް ލިބުނީ މިއަދު ހެނދުނު 07:10 ހާއިރު ކަމަށާއި މި މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން މިއަދު ހެނދުނު 07:31 ހާއިރު ދޯނި އޮތް ސަރަހައްދަށް ގޮސް ޕަންޕު ބޭނުންކޮށްގެން ދޯނިން ފެން ހިއްކުމުގައި ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ޕަންޕު ޖައްސައިގެން، "ހީނާމާ" ދޯނީގެ ދިޔަގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް އެ ދޯނި  އަޑިއަށް ގޮސްފައިވާ ކަމަށާއި ދޯނީގެ ދެ ފަރާތުގައި އޮތް ދެ ދޯންޏެއްގެ އެހީގައި ވާ އައްސައި ފެންފަށަލަމަތީގައި އޮންނާނޭ ގޮތަށް ހަދާފައިވާ ކަމަށެވެ.

އއެ ދޯނި ފެންމަތިކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން މިހާރު ދަނީ ކުރަމުންނެވެ. މި ހާދިސާ ހިނގިއިރު އެ ދޯނީގައި ހުރީ އެންމެ ފަޅުވެރިއެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް