Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބްރިޖުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އަންގައިފި

ބްރިޖުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އަންގައިފި

ވިއްސާރަވެ، ވައިގަދަވުމުގެ ސަބަބުން ސިނަމާލެ ބްރިޖުން ދަތުރުކުރާ ފަރާތްކުން ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ވަނީ މި ދުވަސްވަރަކީ މޫސުން ގޯސް، ވައިގަދަ ދުވަސްވަރަކަށްވުމާއެކު، ސިނަމާލެ ބްރިޖް އަދި ލިންކު ރޯޑް ބޭނުންކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކޮށްފައެވެ.

ސަމާލުކަން ދޭންވީ ކަންތައްތަކުގެ ތެރޭގައި ބުރުގާ އަޅާ މީހުން، ވަޔާ އެކު ބުރުގާ މޫނުމައްޗަށް ނޭޅޭނެ ގޮތަށް ސަމާލުކަން ދިނުން، ވިއްސާރަ ކޯޓު ބޭނުންކުރާ މީހުން، ވަޔާ އެކު ހަލާކުވެގެން ގޮސް އެެހެން އެހެން މީހުންގެ މޫނުމަތީގައި ނޭޅޭ ފަދަ ފެންވަރު ރަނގަޅު ކޯޓުލުމުގެ އިތުރުން ވައިގަދަވާ ވަގުތުތަކުގައި ސްޕީޑު ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި ހިފެހެއްޓުން ހިމެނެއެވެ.

Advertisement
Ooredoo — Square (box)

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އަންނަ އާދިއްތަ ދުވަހާ ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެ ކަމަށާއި, ވިލާގަނޑުގައި ވައިބާރުވެ ކަނޑުތައް ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މިއަދުވެސް މުޅި ރާއްޖެއަށް ވަނީ ހުދު ސަމާލު ނެރެފަައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް