ޚަބަރު ސަރުކާރު

އަންނަ އަހަރަށް 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ އަހަރަށް ހުށަހަޅަން މަސައްކަތްކުރަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ދައުލަތުގެ މާލީ ހާލަތާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ ފިޒިކަލް ސްޓްރެޓަޖީގެ ގޮތުގައި އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާނެ ބަޖެޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 41.5 ބިލިއަން ރުފިޔާ ކަމަށެވެ.

“ފިސްކަލް ސްޓްރެޓަޖީގައި 2023 އަހަރަށް އަޅުގަނޑުމެން ހުށައަޅާނެ ބަޖެޓެއް ގޮތުގައި އަޅުގަނޑުމެން ފާހަގަކޮށްފައިވާނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް. އަޅުގަނޑުމެން މިހާރު މި މަސައްކަތްކުރަމުން މިދަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅަން” އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، 2023 އިން 2025އަށް ފިސްކަލް ސިޔާސަތުގެ އިސް އަމާޒެެއްގެ ގޮތުގައި ކަނޑައަޅަފައިވަނީ ސަރުކާރުގެ މާލީ ޙާލަތު ރަނގަޅުކޮށް، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ޔަޤިންކުރުމަށްކަމަށްކަމަށެވެ.

އެގޮތުން ޢާމްދަނި އިތުރުކުރުމަށް ކުރާ އެންމެ މުހިންމު އެއް ކަމަކީ ޖީއެސްޓީއާއި ޓީޖީއެސްޓީ މަތިކޮށްގެން ޢާމްދަނީ އިތުރުކުރުންކަމަށް އަމީރު ވިދާޅުވިއެވެ.

Ads by HDC
  1. ބަޖެޓު ބޮޑުވީމާ ޖީބަށްލާން ލިބޭ އެތިކޮޅުވެސް ބޮޑުވާނެ !

  2. ޓެކުސް ބޮޑު ކޮށްގެން ބަޖެޓް ބޮޑުކޮށްގެން ކަޓުނަގަން ފަސޭހަވެ ކަޓުނަގާ މީހުން ޖީބަށްލާން ލިބޭ އެތިކޮޅުވެސް ރަގަޅުވާނެ !

  3. ނާޅި

    ދިވެހިރާއްޖޭގެ ވިޝަން މިޝަން އަކީ ކޮބައިތޯ ؟ ްެްެްެްއެއްވެސް ޓާގަޓެއް ތަސައްވުރެ އެބައޮއްތޯ ހަމަ ތިގޮތަށް އަހަރުން އަހަރަށް ޓެކުސް ބޮޑުކޮށްގެން ބަޖެޓް ބޮޑުކުރަމުން ދާނީތޯ !

  4. ސައްލި

    މިޤައުމަށް ލިބޭހާ އާމްދަނީ ވަންނަނީ 3 މީހެއްގެ ޖީބަށް އަމްދަނީ ލިބޭނެ ގޭޓް ތަކުގައި އަތް އަޅައިގެން ތިބީވެސް އެމީހުން ! ޖީއެސްޓީ ބޮޑުކޮށްގެން ބަޖެޓް ބޮޑު ކޮށްގެން ލިބޭ އާމްދަނީވެސް އެބަޔަކަށް ! ރައްޔިތުން ގުންބޯ ހެއްދުން !