Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އަޒްހާންގެ މަރު: ބޮޑު އަނިޔާއެއް ލިބިފައެއް ނުވޭ

އަޒްހާންގެ މަރު: ބޮޑު އަނިޔާއެއް ލިބިފައެއް ނުވޭ

ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެ ކުނިވެފައިއޮއްވާ ފެނުނު މުޙައްމަދު އަޒްހާންއަށް ބޮޑު އަނިޔާއެއް ލިބިފައިވާކަން ޕޯސްޓުމޯޓަމް ރިޕޯޓުން ނުދައްކާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ އަަޒްހާންގެ ހަށިގަނޑު ފެނުނުއިރު ވެސް ގިނަ ދުވަސްވުމުން ކުނިވެ ހާލުވެފައިވުން ފިޔަވައި އޭނާގެ ހަށިގަނޑަށް މީހަކު ދީފައިވާ ބޮޑެތި އަނިޔާތަކެއް ޕޯސްޓުމޯޓަމްއިން ފާހަގަވެފައި ނުވާކަމަށެވެ.

އަޒްހާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން އިންޑިއާ އަށް ގެންދިޔައީ މިމަހުގެ އަށްވަނަ ދުވަހުއެވެ.

Advertisement
Ooredoo — Truecaller (box)

އަޒުހާން ގެއްލިގެން ފުލުހުން ރިޕޯޓު ކޮށްފައިވަނީ ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭގެފަހުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް އޭނާ ފެނިފައިވަނީ ހުޅުމާލެގައި އޮންނަ ސްކޭޓު ޕާކާއި ދިމާލުން ވަލުތެރެއިންނެވެ. އޭނާގެ ހަށިގަނޑު ފެނުނު އިރު އޮތީ ވަރަށް ބޮޑަށް ކުނިވެފައެވެ.

ތަފްސީލް އަންނަނީ..

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް