ޕާކިސްތާނަކީ ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި ޤައުމު: އެމެރިކާ
ޕާކިސްތާނަކީ "އެއްވެސް އެއްބައިވަންތަކަމެއް ނެތި ނިއުކްލިއާ ހަތިޔާރު" ހުރި ގައުމަކަށް ވާތީ، ޕާކިސްތާނަކީ ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި އެއް ގައުމަށް ވެދާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ޑިމޮކްރެޓިކް ކޮންގްރެސްގެ ކެމްޕެއިން ކޮމިޓީގެ ރިސެޕްޝަނެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވައިޓް ހައުސްގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މި ތަގުރީރުގެ ޓްރާންސްކްރިޕްޓެއްގައި ބައިޑަންއާ ހަވާލާދީ ބުނެފައި ވަނީ "... އަދި އަޅުގަނޑަށް ހީވާ ގޮތަކީ، ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި އެއް ޤައުމު: ޕާކިސްތާން އޮރީ ނިއުކްލިއާ ހަތިޔާރާއެކީ އެއްވެސް އެއްބައިވަންތަކަމެއް ނެތި."
އެމެރިކާގެ ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޖިއޮޕޮލިޓިކަލް ހާލަތު ބަދަލުވަމުންދާ ދަނޑިވަޅެއްގައެވެ.
އޭނާ ވިދާޅުވީ ދުނިޔެ ހަލުވިކަމާއެކު ބަދަލުވަމުންދާ ކަމަށާއި ގައުމުތަކުން އެމީހުންގެ އިއްތިހާދުތަކާ މެދު އަލުން ވިސްނަމުންދާ ކަމަށެވެ.
ބައިޑަން ވިދާޅުވީ، ވަރަށް ގިނަ ކަންތައްތަކެއް ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށާއި، މީގެ ކުރިން ދުވަހަކުވެސް ނެތް ހިސާބަކަށް ދުނިޔެ ގެންދިއުމުގެ ގާބިލުކަން އެމެރިކާގައި އެބަހުރި ކަމަށެވެ.
"ކިއުބާ މިސައިލް ކްރައިސިސް އަށް ފަހު، ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރު ބޭނުން ކުރާނެ ކަމުގެ އިންޒާރު ދީގެން ރަޝިއާގެ ލީޑަރަކު ހުންނާނެ ކަމަށް ތިޔައިން އެއްވެސް ބޭފުޅަކު ހީފުޅު ކުރެއްވިތޯ" ބައިޑަން ވަނީ ޗައިނާއކު ޤައުމުތަކުން ގުޅުން ބަދަހި ކުރާތީ ފާޑު ވިދާޅުވެފައެވެ.
"ރަޝިއާއާ، އިންޑިއާއާ އަދި ޕާކިސްތާނުގައި ޗައިނާގެ ދައުރު ދެނެގަންނަން މަސައްކަތް ކުރާ ހާލަތެއްގައި އަޅުގަނޑުމެން ތިބޭނެ ކަމަށް އެއްވެސް މީހަކު ހީކުރީތޯ" ޖޯ ބައިޑަން ވިދާޅުވިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ވަނީ އޭނާ އަކީ އޭނާ ބޭނުންފުޅުވާ ގޮތް އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި ނަމަވެސް ގިނަ މައްސަލަތަކެއް ހުރި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ރިބާއިން ސަލާމަތްވާން އުޅުނީމާ ޕާކިސްތާން ނުރައްކާ ޤައުމަކަށް ބަދަލްވީތޯ ! ވޯލްޑް ބޭންކާއި އައިއެމްއެފް ދޭ ރިބާ ލޯނުގައި ނުހިފާތީ ތޯ ނުރައްކާވީ !