Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ޕީޕީއެމްގެ ސަރުކާރެއްގައި 20 ރުފިޔާއަށް މަސްކިލޯއެއް ގަންނާނަން: ރައީސް ޔާމީން

ޕީޕީއެމްގެ ސަރުކާރެއްގައި 20 ރުފިޔާއަށް މަސްކިލޯއެއް ގަންނާނަން: ރައީސް ޔާމީން

ޕީޕީއެމްގެ ސަރުކާރެއްގައި 20 ރުފިޔާއަށް މަސްކިލޯއެއް ގަންނާނެކަމަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތަކީ ދިވެހިރާއްޖޭގައި އަނެއްކާ ވެސް އޭގެ ޙައްޤު މަގާމު ހޯދާނެ ސިނާޢަތަކަށް ހެދުމަށްޓަކައި ޕީޕީއެމްގެ ސަރުކާރަކުން ހަމަ އެއްވެސް ހިފެހެއްޓުމެއްނެތި ކުރެވެން އޮތް ހުރިހާކަމެއް ކޮށްދޭނެ ކަމަށެވެ.

''އަޅުގަނޑަކަށް ރާއްޖެއިން ބޭރުން ތެޔޮ ވިއްކާ އަގުތަކެއް ކަނޑައަޅާފަ ދަންނަވާކަށް ނޭނގެ. އެކަމަކު މަސްވެެރިންނަށް ޚާއްސަ އަގުތަކެއް ހަމަޖައްސައިދޭނަން. އޭގަ ތަފްސީލަކަށް ނުދާނަން. އެކަމަކު ވެސް އެއާއެކީގަ އަޅުގަނޑު ދަންނަވާނެ ވާހަކައެއް އެބައޮތް. ތެލުގެ ޚަރަދު މިހެން ބޮޑުކޮށް އޮތްކަމަށްވަންޏާ ﷲ ގެ ރަޙްމަތާއެކީ އަޅުގަނޑު ކަށަވަރުކޮށްދޭނަން 20 ރުފިޔާއަށް މަސްކިލޯއެއް ގަންނާނަން އަޅުގަނޑުގެ ސަރުކާރެއްގައި.''

Advertisement
Allied — Dhen Online (box)

ރައީސް ޔާމީން ވަނީ ދޯނި ބަނުން ހުއްޓައިނުލުމަށާއި, މިހާރު
ހުރި ދޯނިތައް ނިންމުމަށް ވެސް ހިތްވަރު ދެއްވައިފައެވެ. އަދި ބަންނަމުންދާ ދޯނިތަކަށް ޕީޕީއެމްގެ ސަރުކާރެއްގައި ވެވެން އޮތް އެހީތެރިކަމެއްވާނެކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް