Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާލޭ ގެއެއްގައި އަލިފާން ރޯވެއްޖެ

މާލޭ ގެއެއްގައި އަލިފާން ރޯވެއްޖެ

މާލޭގެ ގެއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ރޯވެފައިވަނީ ހ.އަންދަރަސް ހަވާ ގޭގައި ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 14:45 ހާއިރު ލިބުމުން އެމްއެންޑީއެފް އެފްއާރުއެސްގެ ފަޔަރމަނުން ވަނީ އެސަރަހައްދަށް ގޮސް އަލިފާން ނިއްވުމުމުގެ މަަސައްކަތް ކޮށްފައެވެ. އަދި، ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ 15:00 ހާއިރުއެވެ.

Advertisement
Ooredoo — Square (box)

މި އަލިފާނުގެ ހާދިސާ ހިނގި ތަނަކީ ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެކެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ހާދިސާއާ ގުޅިގެން އެ އިމާރާތަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް