Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

36 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ސަފާރީއެއް ދިޔަވަނީ

36 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ސަފާރީއެއް ދިޔަވަނީ

36 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ސަފާރީއެއް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ "އެމްވީ އެމްޕެރަރ ވޮޔޭޖަރ" ނަމަކަށް ކިޔާ ސަފާރީއެއް ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.

22 ޓުއަރިސްޓުންނާއި 14 ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ މި ސަފާރީ، ކޮއްދިއްޕަރު ރިސޯޓުގެ އިރުދެކުނުން ގާތްގަނޑަކަށް 2 ނޯޓިކަލް މޭލު އެތެރެއިން ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 14:48 ހާއިރުއެވެ.

Advertisement
Allied Insurance — Square (box)

މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހާބަރ ކްރާފްޓް 113" ވަނީ ޑައިވަރުންނާއެކު އެ ސަރަހައްދަށް ގޮސް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

އެ ސަފާރީން ދިޔަހިއްކުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް