ރިބާއާއެކު ހިންގާ ބޭންކް އިސްލާމީ ޝަރީއަތާ ޚިލާފް ކަމަށް ކަނޑައެޅި ފަނޑިޔާރު ޕާކިސްތާނުގައި މަރާލައިފި
ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގެ ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު، މުޙައްމަދު ނޫރު މެސްކަންޒައީ، ހުކުރު ދުވަހު މިސްކިތެއްގެ ބޭރުގައި ބަޑިޖަހައި މަރާލާފައިވާ ކަމަށް ފުލުހުންގެ އޮފިޝަލުން ބުނެފިއެވެ.
ޚަރާން ސަރަހައްދުގައި ހުންނަ މިސްކިތުގެ ބޭރުގައި ހުރި މުޙައްމަދު ނޫރު މެސްކަންޒައީ މަރުވެފައިވަނީ ވަޒަން އެރުމުގެ ސަބަބުން ލިބުނު ޒަޚަމްތަކުގެ ސަބަބުން ކކަމަށް ޚަރާންގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިފް ހަލީމް ޕާކިސްތާނުގެ ނޫހެއް ކަމަށްވާ ޑޯންއަށް ވިދާޅުވިއެވެ.
"ބިރެއްނެތް ގާޒީ" އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ފާޅުކުރައްވަމުން ބަލޫޗިސްތާނުގެ ޗީފް މިނިސްޓަރު މީރު އަބްދުލް ޤުދޫސް ބިޒެންޖޯ ވިދާޅުވީ އެމަނިކުފާނުގެ ހިދުމަތްތަކަކީ "ހަނދާން ނުނެތޭނެ" ހިދުމަތްތަކެއް ކަމަށެވެ.
"ސުލްހައިގެ ދުޝްމަނުންގެ ބިރުވެރި ހަމަލާތަކުން ގައުމު ބިރު ނުގަނެވޭނެ" ތައުޒިޔާގެ މެސެޖްގައި އަބްދުލް ޤުދޫސް ވިދާޅުވިއެވެ.
ރިބާއާއެކު ހިންގާ ބޭންކިން ނިޒާމު ޝަރީއަތާ ހިލާފު ކަމަށް އިއުލާންކުރި ފާހަގަކޮށްލެވޭ ހުކުމް ލިޔުއްވީ މަސްކަންޒާއީއެވެ.
ކުއެޓާ ބާ އެސޯސިއޭޝަން (ކިޔުބީއޭ)ގެ ރައީސް އަޖުމަލް ޚާން ކަކާރު ވެސް ވަނީ މުސްކަންޒާއީ މަރާލި މައްސަލަ ކުށްވެރި ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ކުރީގެ ގާޒީ އަވަހާރަވުމުން ޕާކިސްތާނުގެ ކޮންމެ ރައްޔިތަކުވެސް ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ.
"އަޅުގަނޑުމެން މި ހާދިސާ ހަރުކަށިކޮށް ކުށްވެރިކޮށް، ޤާތިލުން ވަގުތުން ހައްޔަރުކޮށް ދައުވާއަށް ގެންނަން ޖެހޭނެ ކަމަށް ޑިމާންޑް ކުރަން،" އަޖުމަލް ކަކާރާއި ހަވާލާދީ ޑޯން އިން ބުންޏެވެ.
މިމަހުގެ ކުރީކޮޅު ޕާކިސްތާނުގެ ސްޓޭޓް މިނިސްޓަރު ފޯ ލޯ ޝަހާދަތު ހުސެއިން ވަނީ ޓެރަރިޒަމްގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެއްބަސްވެވަޑައިގެންފައެވެ.
ސެޕްޓެމްބަރު މަހު 42 ހަނގުރާމަވެރިންގެ ހަމަލާތައް ދިންއިރު ދިންއިރު، މިއީ އޮގަސްޓް މަހާ އަޅާބަލާއިރު 35 ޕަސެންޓް އިތުރުވެފައިވެއެވެ. މިއަހަރުގެ އޮގަސްޓް މަހު އެ ތިންކް ޓެންކުން ބުނީ މުޅި ޕާކިސްތާނުގައި ހަނގުރާމަވެރިން 31 ހަމަލާ ދީފައިވާއިރު، އެ ހަމަލާތަކުގައި 37 މީހުން މަރުވެ 55 މީހުން ޒަހަމްވެފައިވާ ކަމަށެވެ.
ރިބާ ހިމެނޭ ބޭންކުތަކަކީ ކަންޑައެޅިގެން އިސްލާމީ ޝަރީއަތާއި ހިލާފް ބޭންކުތަކެއް، ރިބާ ކާން އުޅޭމީހުން އެއުޅެނީ ފަސޭހައިން ފައިސާ ލިބޭ ދޮރަކަށްވާތީ !