Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ދިއްދޫ ފަޅު ހިއްކައިދީ, އެއާޕޯޓެއް އަޅައިދޭނަން: ރައީސް ޔާމީން

ދިއްދޫ ފަޅު ހިއްކައިދީ, އެއާޕޯޓެއް އަޅައިދޭނަން: ރައީސް ޔާމީން

އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވެވިއްޖެނަމަ ހއ.ދިއްދޫގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެކަމަށް ކުރީގެ ރައީސް ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ދިއްދޫގައި ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ ދިއްދޫގައި އެއާޕޯޓެއް އަޅުއްވައިދެއްވާނީ އެ ރަށުގެ ފަޅު ހިއްކައިގެން ކަމަށެވެ.

''އިރާދަކުރެއްވިއްޔާ ﷲ ގެ ރަޙްމަތުން އަދި ދިއްދޫގަ ތިހިރަ ފޯރިއާއި އަދި މި ފޯރި ﷲ ގެ ރަޙްމަތާއެކީ މުޅި ރާއްޖޭގަ މި ގޮތަށް ހިފާ އަޅުގަނޑުމެންގެ ކަޅުފޮއި މޫސުން ނިންމުމުގެ އުފާވެރިކަން އަޅުގަނޑުމެންނަށް ﷲ މިންވަރުކުރައްވައިފިއްޔާ އަޅުގަނޑުގެ ފަސް އަހަރުގެ ދައުރު ދެން ނިމިގެންދާނީ ހަމަގައިމު ވެސް ދިއްދޫ ފަޅު ހިއްކައިދީފަ އެއާޕޯޓެއް އަޅައިދީފަ''

Advertisement
HDC — Sidebar (box)

ރައީސް ޔާމީން މިހެން ވިދާޅުވުމާއެކު މުޅި ޖަލްސާގައި ތިބި އެންމެން ވަނީ ކޮޅަށް ތެދުވެ ހޫނު ތަރުހީބެއް ދީފައެވެ.

''އިރާދަކުރެއްވިއްޔާ މިކަންވާނެ'' ރައީސް ޔާމީން ވިދާޅުވި ބަސްފުޅު އިތުރަށް ތަކުރާރު ކުރެއްވިއެވެ.

ދިއްދޫ ހިމެނޭހެން ހއ.އަތޮޅުގެ ފަސް ރަށަކަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޔާމީން ވަނީ އެ މަނިކުފާނަށް ދެން ވެރިކަން ލިބިވަޑައިގެންފިނަމަ ކޮށްދެއްވާނެ ބައެއް ކަންކަން އިއުލާނު ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް