Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

"މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް" މިމަހުގެ 30 އިން 31 އަށް

"މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް" މިމަހުގެ 30 އިން 31 އަށް

"މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022" ގެ ނަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީން ޚާއްސަ ކޮންފަރެންސެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 އިން 31 އަށް ބަނޑޮސް މޯލްޑިވްސްގައެވެ.

އޭސީސީން ވިދާޅުވީ މިއަހަރުގެ ކޮންފަރެންސް ބޮޑަށް ޚާއްސަކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށްކަމަށާއި، މިއަހަރު މި ކޮންފަރެންސް ގެނެސްދޭނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ގުޅިގެން ކަމަށެވެ.

Advertisement
Ooredoo — Square (box)

އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން، ޚާއްސަކޮށް ޒަރޫރީ ޚިދުމަތް ފޯރުކޮށް ދިނުމާއި، އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ އިތުރުކުރުމުގައިި މުހިއްމު ދައުރެއް އަދާކުރާ ކަމަށާއި ހިންގުމުގެ ރަނގަޅު އުސޫލުތަކަށް އެސްއޯއީތަކުން އަމަލުކޮށް، ދެފުށްފެންނަ ހަރުދަނާ ނިޒާމެއް ގާއިމުކުރުން މުހިއްމު ކަމަށް އޭސީސީން ވިދާޅުވިއެވެ.

މިއަހަރުގެ މަހާސިންތާގެ ތީމަކީ "ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނަޒާހާތްތެރިކަން" މިއެވެ.

މި ކޮންފަރެންސްގެ ތެރެއިން ހެޔޮ ހިންގުމުގެ ނިޒާމެއްގެ ތެރެއިން އެސް.އޯ.އީތަކުގައި ހުރި ކޮރަޕްޝަންގެ ރިސްކުތައް ނައްތާލުމަށް ކުރެވޭނެ ކަންކަމާ، މަޢުލޫމާތު ސިއްރުކުރުމުގެ ސަޤާފަތް ދޫކޮށްލާ، ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަކަށް ކުންފުނިތަކުގެ ހިންގުން ރޭވުމާއި، ޖަވާބުދާރީ ކުރެވޭނެ މެކޭނިޒަމްތައް ޤާއިމުކުރުމާގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް