ޚަބަރު ޝަރުޢީ ދާއިރާ

އަނަސް މަރައިލުމުގައި ބައިވެރިވި ކުއްޖާ 18 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ތޫނު އެއްޗަކުން ހަމަލާ ދީ މުޙައްމަދު އަނަސް މަރައިލި މައްސަލައިގައި ކުށް ސާބިތުވި ކުޑަކުއްޖާ 18 އަހަރަށް ޖަލަށްލުމަށް ހައިކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.

Ads by STELCO

ރ.މީދުއަށް ނިސްބަތްވާ އަނަސް މަރައިލީ 2017 ވަނަ އަހަރުގެ ޖުލައި މަހު ގުރޫޕަކުން ގޮސް ތޫނު އެއްޗަކުން ހަމަލާދީގެންނެވެ.

ޖުވެނައިލް ކޯޓުން ޙުކުމްކުރީ އެ މައްސަލައިގައި ބައިވެރިވި 17 އަހަރުގެ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. ނަމަވެސް ދާދިފަހުން ހައިކޯޓުން ވަނީ ކުށް ސާބިތުވާކަމަށް ނިންމައިފައެވެ.

ހައިކޯޓުން ޙުކުމްކުރީ 18 އަހަރާއި ނުވަ މަސްދުވަހަށް އޭނާ ޖަލަށްލުމަށެވެ.

އޭނާގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާކަމަށް އަނަސްގެ ހުރިހާ ވާރިސުން ވެސް ހައިކޯޓުގައި ބުނެފައިވެއެވެ. ނަމަވެސް ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު އޮތް ގޮތުން ކުޑަކުދިންގެ ގޮތުގައި ތިބެ ކުރާ އެއްވެސް ކުށަކަށް މަރުގެ އަދަބެއް ނުދެވޭނެއެވެ.

މި މައްސަލައިގައި އިތުރު 07 މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވެއެވެ. ކްރިމިނަލް ކޯޓުގައި އެ މީހުންގެ ޝަރީޢަތް ދަނީ ހިނގަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!