Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރައީސް ޔާމީނަށް ބާރެއް ލިބިއްޖެނަމަ ދީނުގެ ކަންކަން ކުރައްވަފާނެ ކަމަށް އިމްރާން ވިދާޅުވެއްޖެ

ރައީސް ޔާމީނަށް ބާރެއް ލިބިއްޖެނަމަ ދީނުގެ ކަންކަން ކުރައްވަފާނެ ކަމަށް އިމްރާން ވިދާޅުވެއްޖެ

އިދިކޮޅު ރިޔާސީ ކެނޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ވެރިކަން ލިބިވަޑައިގެންފިނަމަ، އިސްލާމް ދީނުގެ ކަންކަން ބަދަލު ކުރައްވަފާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައިވަނީ، ހއ.އަށް ކުރެއްވި ދަތުރުފުޅުގައި ބާރަށުގައި ވާހަކަފުޅު އީސާގެފާނެ ފަސްދާނު ލެއްވި ކަމަށް ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ފާޑު ވިދާޅުވަމުންނެވެ. ރައީސް ޔާމީން ވަނީ އޭގެ ފަހުން ދިއްދޫގައި ބޭއްވި ޖަލްސާގައި އެކުށް އިސްލާޙް ކުރައްވާ، މައާފަށް އެދި ވަޑައިގެންފައެވެ.

މިރޭ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ވާހަކަފުޅަކީ ސުންނަތް ޖަމާއަތުގެ އަޤީދާއެއް ނޫން ކަމަށެވެ. އަދި އެކަން ރައީސް ޔާމީން ދަސްކުރެއްވީ ކޮންތާކުންތޯ ސުވާލު ކުރެއްވިއެވެ.

Advertisement
Allied Insurance — Square (box)

"މިބޭފުޅާއަށް ބާރެއް ލިބިއްޖެނަމަ މި ގޮތަަށް ދީނުގެ ކިތައް ކަންތައް ބަދަލުކޮށްލައްވާނެބާ" ރައީސް ޔާމީންގެ ވާހަކަފުޅުގެ ވީޑިއޯއެއް ހިއްސާ ކުރައްވަމުން އިމްރާން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ހއގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ވަރަށް ބޮޑަށް އަދާލަތު ޕާޓީގެ ބޭފުޅުންނަށް ފާޑު ވިދާޅުވެފައެވެ. އަދާލަތުންވަނީ ފާޑު ކިޔުންތަކަށް ރައްދު ވެސް ދީފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް