ފެންބޮޑުވުމުގެ ހާދިސާއިން އަރައިގަންނަން 30 ބިލިޔަން ޑޮލަރު ބޭނުން: ބޮޑު ވަޒީރު
ޕާކިސްތާނުން އެތަށް ބިލިއަން ޑޮލަރުގެ ލޯނު އެހީއަށް އެދެން ނިންމާފައިވާކަމަށް ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓުކޮށްފިއެވެ.
ފައިނޭންޝަލް ޓައިމްސްއިން ވަނީ ޕާކިސްތާނަށް މިފަހުން ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއާއެކު އެގައުމުގެ އިގުތިސާދަށް ބޮޑު އަސަރެއް ކޮށްފައިވާކަން ފާހަގަކޮށްފައެވެ.
ބުދަ ދުވަހު ފައިނޭންޝަލް ޓައިމްސް އިން ކޮށްފައިވާ ރިޕޯޓުގައި ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފުގެ ބަސް ހިމަނާފައެވެ. އެމަނިކުފާނު ވަނީ އެގައުމުގެ ލޯނުތައް ރީޝެޑިއުލް ކުރުމާއި ތަފާތު މޮރޮޓޯރިއަމްތަކަށް ނޭދޭ ކަމަށާއި ހަމައެކަނި އެދެމުން މިދަނީ އިތުރު ފަންޑު ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވެފައެވެ.
ފެންބޮޑުވުމުގެ ކާރިސާގައި ގައުމަށް އުމްރާނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވާ އެކަންކަންކަން ހައްލު ކުރުމަށް ބޮޑު އަދަދެއްގެ ފައިސާ ބޭނުންވާ ކަމަށް ޝަހްބާޒް ވަނީ ވިދާޅުވެފައެވެ.
މިމަހުގެ ކުރީކޮޅު އދ އިން ވަނީ ޕާކިސްތާނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 816 މިލިއަން ޑޮލަރުގެ އެހީ ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެންމެ ފުރަތަމަ އދ އިން ޕާކިސްތާނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހޯދަން އިއުލާނުކުރީ 160 މިލިއަން ޑޮލަރެވެ. މިއަދަދު އިތުރުކޮށްފައި މިވަނީ ފެންބޮޑުވުމުގެ ކާރިސާގެ ސަބަބުން އެގައުމުގައި ބަލިތައް ފެތުރުމާއި ބަނޑުހައި ހޫނުކަން އިތުރުވުމުގެ ސަބަބުންނެވެ. އަދި ކުރިއަތް އޮތްތާގައިވެސް މިފަދަ ފެންބޮޑުވުމުގެ ހާދިސާއެއް ކުރިމަތިވެދާނެކަމުގެ ބިރާވެސް އެކުގައެވެ.
މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަނުންވެސް ވަނީ ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ފޯރުކޮށްދޭ އެހީ 30 މިލިއަން ޔޫރޯއަށް އިތުރުކޮށްފައެވެ.