Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޒަޔާން މަރުވުމުގެ ކުރިން ހަމަލާދިން މީހުންގެ މައުލޫމާތު ދިން: ފުލުހުން

ޒަޔާން މަރުވުމުގެ ކުރިން ހަމަލާދިން މީހުންގެ މައުލޫމާތު ދިން: ފުލުހުން

މިދިޔަ ޖޫން މަހު ތޫނު އެއްޗަކުން ހަމަލާދީ މަރާލި އައްޑޫ ސިޓީގައި ސ. ފޭދޫ، ސޮލިޑް، މުޙައްމަދު ޒަޔާން މޫސާ މަރުވުމުގެ ކުރިން ހަމަލާދިން ގޮތާއި ހަމަލާދިން މީހުންގެ މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ސާމިހް ވިދާޅުވީ މިހަމަލާއާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް އެވަގުތު ޒަޔާނާއި ފުލުހުން ސުވާލު ކޮށްފައިވާ ކަމަށެވެ.

އެގޮތުން ޒަޔާންއާ ސުވާލު ކުރުމުން ހަމަލާދިން ގޮތާއި ހަމަލާދިން މީހުންނާ ގުޅޭ ގޮތުން އެވަގުތު ވާހަކަދައްކާފައިވާ ކަމަށް ސާމިހް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން ޒަޔާންއަށް ހަމަލާދިނުމަށް ދުރާލާ ރޭވި އޭނާ ދިރިއުޅޭ ގެއަށް މެންދަމުގެ ވަގުތު ހަމަލާދިނުމުގެ ބޭނުމުގައި ބަޔަކު ވަގަށް ވަދެފައިވާ ކަމަށާއި ޒަޔާނަށް ފާރަވެރިވެ ތިބުމަށް ފަހު، ހަމަލާދީފައިވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ކަމަށް  ސާމިހް ވިދާޅުވިއެވެ.

މި މައްސަލައިގައި ޖުމްލަ 11 މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހަތަރު ކުޑަ ކުދިންވެސް ހިމެނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް