Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ލޮނުފެން ލީކުވާ ހޮޅީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

ލޮނުފެން ލީކުވާ ހޮޅީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

މާލޭ ސިޓީ ކައުންސިލުން ދޫކުރަން ޖެހޭ ހުއްދަތައް ލިބުމާއެކު، ބޮޑުތަކުރުފާނު މަގުން ސްޓެލްކޯއާ ދިމާއިން ބިމުގެ އަޑިން ފަޅައިގެން ގޮސްފައި އޮތް ހޮޅީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ އެ މަސައްކަތް ކުރަންޖެހޭނީ ތާރުގަނޑު ނަގައިގެންކަމަށާއި ތާރުގަނޑު ތަޅާލުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. ސްޓެލްކޯއިން ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށްޓަކަށް ސިޓީކައުންސިލުން ދީފައިވަނީ 3 ދުވަހުގެ މުއްދަތެއްކަމަށެވެ.

ފެން އަރަމުންދާ ސަބަބު ދިރާސާކޮށް ހޯދައި ބެލި އިރު، އެ ފެނަކީ މިކުންފުނީގެ އިންޖީނުތަށް ފިނިކުރުމަށް ބޭނުންކުރާ އައުޓްފޯލް ހޮޅިއަކަށް ގެއްލުމެއްލިބުމުގެ ސަބަބުން ލީކުވާ ފެނެއްކަމަށް އެނގިފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރުގަނޑުގެ އަޑީގައި އަޅާފައިވާ އެ ފެން ހޮޅި ފަޅައިގެން މަގުމަައްޗަށް ލޮނުފެން ލީކުވާ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ނުފެށި ލަސްވަނީ ސިޓީ ކައުންސިލުން ހުއްދަ ނުލިބުމުންކަމަށް ވިދާޅުވެ، ސްޓެލްކޯއިން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން ސިޓީ ކައުންސިލުން މިއަދު ވަނީ ހުއްދަދީފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް