Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ޖަލުތަކުގައި އަނިޔާވެރިކަން އޮތުމަކަށް މި ސަރުކާރުން ފުރުސަތެއް ނުދޭނެ: މިއުވާން

ޖަލުތަކުގައި އަނިޔާވެރިކަން އޮތުމަކަށް މި ސަރުކާރުން ފުރުސަތެއް ނުދޭނެ: މިއުވާން

ޖަލުތަކުގައި އަނިޔާވެރިކަން އޮތުމަކަށް މި ސަރުކާރަކުން ފުރުސަތެއް ނުދޭނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ދެއްވި ޖަވާބުގައެވެ.

އޭނާ ވިދާޅުވީ ޖަލުތަކުގައި ވެސް އަދި އެހެން ތަނެއްގައި ވެސް އަނިޔާވެރިކަން އޮތުމަކަށް މި ސަރުކާރަކުން ފުރުސަތެއް ނުދޭނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

''އަޅުގަނޑަށް ވަރަށް ޔަޤީންކަމާ އެއްކޮށް ބުނަންކެރޭ ޖަލުތަކުގަ އަނިޔާވެރި އަމަލެއް މި ސަރުކާރަކުންނެއް ނުހިންގާނެ.'' މިއުވާން ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް 51 އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ ސެޕްޓެމްބަރުގައި ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެފައިވަނީ ވޭތުވެދިޔަ ތަނުގައި ރާއްޖޭގެ ޖަލުތަކަކީ ޤައިދީންނަށް އަނިޔާކުރުމާއި, ނިކަމެތި ގޮތްތަކާއި ކުރިމަތިލާން ޖެހިފައި އޮތްތަނެއް ކަމަށާއި, ނަމަވެސް މި ސަރުކާރުން ވަނީ އެކަން މާޒީގެ ސޮފުހާތަކުގެ ތެރެއަށް ދޫކޮށްލާފައިވާ ކަމަށެވެ.

އަދި ޤައިދީއަކަށް ގަސްތުގައި އެނގިހުރެ އަނިޔާކުރާ އެއްވެސް އޮފިސަރަކަށް ޖާގައެއް ނޯންނާނެ ކަމަށާއި, އެކަން ހުރިހާ އޮފިސަރުންނަށް އެނގޭނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް