ދުނިޔެ

ޕާކިސްތާނުގެ ފިޗް ރޭޓިން ދަށްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ސިޔާސީ ހަލަބޮލިކަމާއި އިގްތިސާދު ހީނަރުވެފައިވާ ދަނޑިވަޅެއްގައި ފިޗް ރޭޓިންސް އިން ޕާކިސްތާނުގެ ލޯންގް ޓާމް ފޮރިން ކަރަންސީ އިޝޫއާ ޑިފޯލްޓް ރޭޓިން (އައިޑީއާރު) "ބީ-" އިން "ސީސީސީ ޕްލަސް" އަށް ދަށްކޮށްފިއެވެ.

Ads by WAMCO

ޕާކިސްތާނުގެ ރޭޓިން ދަށްކުރުމުން ދޭހަވަނީ ބޭރުގެ ލިކުއިޑިޓީ އާއި ފަންޑިންގެ ހާލަތު އިތުރަށް ދަށަށް ދިއުމެވެ.

އެ ކުންފުނިން އާންމުކޮށް "ސީސީސީ ޕްލަސް" ނުވަތަ އެއަށް ވުރެ ދަށުގެ ރޭޓިންއެއް އޮންނަ ސޮވެރިން ގައުމުތަކަށް އައުޓްލުކް ހަވާލުނުކުރާ ކަމަށް އެ ކުންފުނީގެ ބަޔާނުގައި ވެއެވެ.

ޖިއޯ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ލިކުއިޑިޓީ އާއި ޕޮލިސީ ރިސްކް ތައް ގޯސްވުމަކީ އެ އެޖެންސީން ފާހަގަކުރި ކަމެކެވެ.

"ޑައުންގްރޭޑްގެ ސަބަބުން ޕާކިސްތާނުގެ އެކްސްޓާނަލް ލިކުއިޑިޓީ އާއި ފަންޑިންގެ ހާލަތު އިތުރަށް ދަށަށް ދިއުމާއި ފޮރިން އެކްސްޗޭންޖް ރިޒާވް ދަށްވުން ދައްކުވައިދެ،" ފިޗް ރޭޓިންސް އިން ބުންޏެވެ.

މިއީ ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުން ޓްވިން ފިސްކަލް އަދި ކަރަންޓް އެކައުންޓް ޑެފިސިޓް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތަށް ބުރޫ އަރާނެ ކަމެކެވެ.

ބޭރު ފައިސާގެ ރިޒާވްއާ ބެހޭ ގޮތުން އެ ބޭންކުން ބުނީ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހާ ހަމައަށް ސްޓޭޓް ބޭންކް އޮފް ޕާކިސްތާން (އެސްބީޕީ) ގައި ގާތްގަނޑަކަށް 7.6 ބިލިއަން ޑޮލަރު ހުރި ކަމަށާއި އެއީ މިހާރުގެ ދަރަންޏާ އަޅާބަލާއިރު، މަސް ދުވަހުގެ ރިޒާވެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!