ޚަބަރު ޝަރުޢީ ދާއިރާ

ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލައެއް ބަލަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

Ads by MWSC

މެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން ބަލަން ނިންމީ, ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ޤަޟިއްޔާގެ އަޑުއެހުންތައް, ޖިނާޢީ އިޖުރާތުގެ ޤާނޫނުގެ 139 ވަނަ މާއްދާއާއި, ޝަރީޢަތް ކުރުމާބެހޭ ޖިނާޢީ އިޖުރާތުގެ ގަވާއިދުގެ 122 އަދި 123 ވަނަ މާއްދާތަކުގައި ބަޔާންކޮށްފައިވާގޮތަށް މައްސަލަ ކުރިއަށް ގެންދިއުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ބުނާ މައްސަލައެވެ.

ޖޭއެސްސީން ބުނީ މި މައްސަލަ ތަޙްޤީޤުކުރުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ނިންމާފައިވާތީ މި މަހުގެ 19 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 73 ވަނަ ޖަލްސާގައި މި މައްސަލަ ތަޙްޤީޤުކުރުމަށް ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!