ޚަބަރު

ދިވެހިން އެދެނީ އަންނަން އޮތް ޖީލުތަކުގެ މަސްލަހަތު ސަރުކާރުން ހިމާޔަތް ކޮށްދިނުން: ގާސިމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހިން އެދެނީ ދިވެހި ސަރުކާރުން ރާއްޖޭގެ އަންނަން އޮތް ޖީލުތަކުގެ މަސްލަހަތުގެ ހިމާޔަތުގައި ސަރުކާރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާތަން ފެނުން ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު، އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޗާގޯސް މައއސަލައިގައި ގާސިމް ވިދާޅުވީ ރާއްޖޭގެ ބިމާއި، ޖައްވާއި ކަނޑުންވެސް އެންމެ ކޮނޑި އިންޗިއެއްވެސް ގެއްލޭކަށް ނުވަތަ ބަޔަކަށް ދޭކަށް، ޤައުމީ ލޭ ހުރި އެއްވެސް ދިވެއްސަކު ނޭދޭނެ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ އިން ވަކިކުރި ކަމުގައިވީ ނަމަވެސް އެކަން ކުރާއިރު ބައިނަލްއަޤުވާމީ ޤާނޫނުން ރާއްޖެއަށް ލިބޭ އެއްވެސް ޙައްޤެއް ނުވަތަ އިމްތިޔާޒެއް އަދި ނެގެން އޮތް އެޑްވާންޓޭޖެއް ދޫކޮށްލުމަކީ ދިވެހި ރައްޔިތުން ހުއްދަ ނުދެނީސް ރުހެވޭނެ ކަމެއް ނޫން ކަމަށްވެސް ގަސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ރާއްޖެއާއި ޗާގޮސްގެ ފުށުއަރާ ކަނޑުގެ އިން ކަނޑައެޅުމުގައި މައްސަލާގައި އޮތް ހަމައެކަނި ހައްލަކީ "އިކުއިޑިސްޓޭންސް" ނުވަތަ ދެ ޤައުމުގެ މެދުގައި އޮތް ސަރަހައްދު އެއްވަރަށް ބަހައިލުމުގެ އުސޫލުކަމަށް ދެކި، ބަޔަކު އެގޮތަށް އެދޭއިރަށް ދިވެހިރާއްޖެއިން އެގޮތަށް ދީލައިލުމަކީ ޤައުމަށް އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

”އެދެނީ ދިވެހި ސަރުކާރުން ރާއްޖޭގެ އަންނަން އޮތް ޖީލުތަކުގެ މަސްލަހަތުގައި ކުރެވެން ހުރި ހުރިހާ ކަމެއް އިޚުލާސްތެރިކަމާއެކު ކުރުން” ގާސިމް ވިދާޅުވިއެވެ.

ގާސިމް މިފަދައިން ވިދާޅުވީ ޗާގޯސް އައިލެންޑްސްގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެއިން ނިންމާފައިވާ ކަން ރާއްޖެއިން ހާމަކުރުމާ ގުޅިގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!