ޚަބަރު ސިޔާސީ

އައްޑޫ ރައްޔިތުންނަށް މިހާ ހެޔޮ ވެރިކަމެއް ދުވަހަކުވެސް ނާދޭ: ނިހާދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އައްޑޫ ސިޓީގެ ރައްޔިތުންނަށް މިހާ ހެޔޮ ވެރިކަމެއް ދުވަހަކުވެސް ނާންނަ ކަމަށް ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ނިހާދު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އައްޑޫ ސިޓީގެވރައްޔިތުން މަގުމަތިކޮށްލައިފައިވާ ކަމަށް ބުނެ މީހަކު ކުރި ޓްވީޓަކަށް ރައްދުދެއްވަމުންނެވެ.

ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫ ރައްޔިތުން ގުނބޯ ހެއްދިދާނެ ކަމަށް ދެކުމަކީ ކުށްހީއެއް ކަމަށެވެ.

ނިހާދު ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުފައި ދިމާވި ދަތި އުނދަގޫތަކާ އެކު ވެސް އައްޑޫ ރައްޔިތުންނަށްޓަކައި މި ސަރުކާރުން ކުރަމުންދާ މަސައްކަތް އަގު ނުކުރެވޭހާ ގިނަ ކަމަށެވެ.

''އައްޑޫ ރައްޔިތުންނަށް މިހާ ހެޔޮ ވެރިކަމެއް ދުވަހަކުވެސް ނާދޭ! އައްޑޫ ރައްޔިތުން ގުނބޯ ހެއްދި ދާނެ ކަމަށް ދެކުމަކީ ކުށް ހީ އެއް! މި ސަރުކާރުން ކޮވިޑް ގެ ދަތި އުނދަގުލާއި އެކުވެސް އައްޑޫ ރައްޔިތުންނަށް ޓަކައި ކުރަމުން ދާ މަސައްކަތް އަގު ނުކުރެވޭހާ ގިނަ''

މި އަހަރުގެ މާޗުމަހުގައި އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކޮވިޑާ ގުޅިގެން ދިމާވީ އިގުތިސާދީ ލޮޅުންތަކާއެކުގައި ވެސް އައްޑޫ ސިޓީގެ ތަރައްގީއަށް 01 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި, އެއީ މުޅި ރާއްޖޭގެ ތަރައްގީއަށްޓަކައި ވޭތުވެދިޔަ ތިން އަހަރު ބަޖެޓުން ކުރި ޚަރަދުގެ ބޮޑު ބައެއް ކަމަށެވެ. އަދި އެއީ އެކަން އޮންނާންޖެހޭ ގޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

 

Ads by Allied Insurance
  1. މުހަންމަދު

    މިކަހަލަ ދެއުޅި އެއްނުވާ ބަޔެއް އުޅޭ ތަނެއް އައްޑޫ އަކީ…

  2. ކަތީބު

    ނިހާދު ތެހެދީ ވަރައްބޮނޑަތެދައް އައްޑޫމީހުން ޖީބައްވަންނެއި ހުސްޕައުންޑު ހުށިހެއިރެސޯޓުތައް ފުލްކޮށް ގެސްޓުން.