Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ޒުވާނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސިޔާމް ގޮވާލައްވައިފި

ޒުވާނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސިޔާމް ގޮވާލައްވައިފި

ޒުވާނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ގޮވާލައްވައިފިއެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަހާ ގުޅިގެން ނެރުއްވި ޚިޠާބުގައި ސިޔާމް ވިދާޅުވީ ޒުވާނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ކަމާބެހޭ އިދާރާތަކަށް ގޮވައިލައްވާ ކަމަށެވެ.

ވަކިން ޚާއްސަކޮށް ޑްރަގްގެ ވަބާގައި ޖެހިފައިވާ އެތައް ޒުވާނުންނެއް ފަރުވާއަށް އެދި އާދޭސް ކުރަމުންދާއިރު, ޒުވާނުން އަނބުރާ މުޖުތަމަޢުއަށް ނެރުމަށް ހުރިހައި ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަން ސިޔާމް ފާހަގަކުރެއްވިއެވެ.

Advertisement
Allied — Dhen Online (box)

އިގުތިސާދީ ގޮތުން ހަރުދަނާ ބަޔަކަށްވުމަށް ހުރިހާ ޒުވާނުން ވެސް ވަޒީފާތަކަށް ނުކުތުމަށް ސިޔާމް ވަނީ ގޮވައިލައްވާފައެވެ. އަދި ޒުވާނުންނަކީ ދީނީ ކަންކަމަށް ފަރުވާ ބަހައްޓައި, އިސްލާމްދީނުގެ ނޫރު މި ބިމުގައި ވިދަވިދާ ހުންނާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް ގަދައަޅައި މަސައްކަތް ކުރާ ބަޔަކަށްވުމަށް ވެސް އޭނާ ވަނީ ގޮވައިލައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް