Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހިތަދޫ ކައިރިއަށް މަސް ހިފަން ފޭބި މީހާ ކަނޑު އަޑިން ފެނިއްޖެ

ހިތަދޫ ކައިރިއަށް މަސް ހިފަން ފޭބި މީހާ ކަނޑު އަޑިން ފެނިއްޖެ

ސ. ހިތަދޫން މަސް ހިފަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުނު ދިވެހި މީހާ ފެނިފައިވަނީ ކަނޑު އަޑިންނެވެ. އެމީހާ ކަނޑު އަޑިން ނެގުމަށްފަހު އައްޑޫ ސިޓީ އިކުއަޓޯރިއަލް ހޮސްޕިޓަލަށް މިހާރު ވަނީ ގެންގޮސްފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ ހިތަދޫން ފުރައިގެން މަސް ހިފަން ދިޔަ 2 މީހުންގެ ތެރެއިން އެކަކު ގެއްލިގެން ރިޕޯޓިކުރުމާއެކު ކޯސްޓްގާޑުން ވަނީ އެސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

Advertisement
HDC — Sidebar (box)

މި ހާދިސާގެ ހަބަރު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 11:32ހާއިރުއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް