Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ރައްޔިތުންގެ ހިދުމަތްތަކާ ހަވާލުވުމަށް ފަހު އެންމެ ފުޅާ ދާއިރާއެއްގަ ސަރުކާރުން ހުޅުވާދިނީ ތަޢުލީމީ ފުރުސަތު: ރައީސް ޞާލިޙް

ރައްޔިތުންގެ ހިދުމަތްތަކާ ހަވާލުވުމަށް ފަހު އެންމެ ފުޅާ ދާއިރާއެއްގަ ސަރުކާރުން ހުޅުވާދިނީ ތަޢުލީމީ ފުރުސަތު: ރައީސް ޞާލިޙް

ރައްޔިތުންގެ ހިދުމަތްތަކާ ހަވާލުވުމަށް ފަހު އެންމެ ފުޅާ ދާއިރާއެއްގަ ސަރުކާރުން ހުޅުވާދިނީ ތަޢުލީމީ ފުރުސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މުޖުތަމައަށް ފައިދާ ހުރި މަސައްކަތްތައް ކުރަމުން އަންނަ ޒުވާނުންނަށް ދޭ އެވޯޑު ދިނުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ޤައުމު ކުރިއަރުވަން އެދޭނަމަ އެންމެ ފުރަތަމަ ކުރިއަރުވަންޖެހެނީ ތިމާގެ އަމިއްލަ ނަފްސު ކަމަށެވެ. މިކަން ކުރުމަށް ތަޢުލީމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

“މީގެ ހަރަތު އަހަރު ކުރިން ރައްޔިތުންގެ ހިދުމަތްތަކާ އަޅުގަނޑުމެން ހަވާލުވުމަށް ފަހު އެންމެ ފުޅާ ދާއިރާއެއްގައި ސަރުކާރުން ހުޅުވާދިނީ ތަޢުލީމީ ފުރުސަތު. ބޭނުމަކީ ޒުވާނުންގެ ބުއްދިއާ ސިކުނޑި ތަރައްގީ ކުރުން” ރައީސް ޞާލިޙް ވިދާޅިވިއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން، ތިމާގެ އަމިއްލަ ނަފްސު ކުރިއަރުވާނީ އަޅާ ހެދުމަކުން، ނުވަތަ ދިރިއުޅޭ ވައްޓަފާޅިއަކުން ނޫން ކަމަށާއި އެކަން ހާސިލުވަނީ އަމިއްލަ ވިސްނުމުގަ ހަޑިގަނޑު ތަރައްގީ ކޮށްގެން ކަމަށް ރައީސް ޞާލިޙް ވިދޅުވިއެވެ. އަދި “ތަޢުލީމާ ހަށިގަނޑުގެ ތަރުބިއްޔަތު ޒުވާނުންނަށް މުހިންމު ވަނީ އެ ސަބަބައްޓަކާ. ބުއްދިއާ ސިކުނޑި ތަރައްގީ ކޮށްދެނީ ތަޢުލީމުން” ކަމަށް ރައީސް ވިދާޅުވިއެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް