Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ޕާކިސްތާނުގެ ނޫސްވެރިޔަކު ކެންޔާގައި މަރާލައިފި

ޕާކިސްތާނުގެ ނޫސްވެރިޔަކު ކެންޔާގައި މަރާލައިފި

ޕާކިސްތާނުގެ މަޝްހޫރު ނޫސްވެރިޔާ އަރުޝަދު ޝަރީފްގެ ގަޔަށް ފުލުހުން، މިދިޔަ އާދީއްތަ ދުވަހު ބަޑިޖަހައި މަރާލުމާ ގުޅިގެން ކެންޔާގައި ތަހުގީގެއް ފަށައިފިއެވެ.

ފުލުހުންގެ އިބްތިދާއީ ރިޕޯޓުގައި ބުނެފައި ވަނީ އޭނާ ގަޔަށް ބަޑި ޖަހާފައިވަނީ އޮޅިގެން އެހެން މީހެއް ކަމަށް ހީކޮށް ކަމަށެވެ. ބަޑި ޖަހާފައިވަނީ ވަގަށް ނެގި ކާރެއް ކަމަށް ހީކޮށެވެ.

ޝަރީފަކީ ޕާކިސްތާނުގެ އަސްކަރިއްޔާއަށް ފާޑުވިދާޅުވާ އަދި، މަގާމުން ދުރުކޮށްފައިވާ އިމްރާން ޚާނަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެކެވެ.

Advertisement
Ooredoo — Truecaller (box)

އުމުރުން 49 އަހަރުގެ އޭނާ ޕާކިސްތާން ދޫކޮށް ދިޔައީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. ކެންޔާއަށް ވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ އިނގިރޭސިވިލާތާއި ދުބާއީގައެވެ.

އިރުމަތީ އެފްރިކާގެ ގައުމުގައި އޭނާ ކުރަމުން ދިޔައީ ކޮން ކަމެއް ކަމެއް އަދި ނޭނގެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ނޫސްވެރިޔާ އަރުޝަދު ޝަރީފްގެ މަރުގެ ހިތާމަވެރި ޚަބަރު ލިބުމުން ވަރަށް ހިތާމަކުރައްވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް