ޚަބަރު

ޗާގޯސް މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓް ދީގެން ޤައުމު ތަކާ އެކީ އޮތް ގުޅުން ވާނީ ރަނގަޅު: މިއުވާން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އައްޑޫގެ ދެކުނުން އޮންނަ ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ތަނެއް ކަމަށް އިއިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމި ނިންމުމާ އެއްކޮޅަށް ވޯޓް ދީގެން ރާއްޖެއާ އެހެން ޤައުމަކާ އޮތް ގުޅުމަށް ބުރޫ ނާރާނެ ކަމަށާއި ވިޔަސް ވާނީ ގުޅުންތައް ރަނގަޅު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައިވާ ނިންމުމަށް އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމާފައިވާ ކަމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ރާއްޖޭގެ ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައެވެ. އެއާއެކު މި މައްސަލަ ވަނީ ހޫނުވެފައެވެ.

މިކަމާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، ރާއްޖެއާ އެއްވެސް ޤައުމަކާ ދެމެދު އޮތް ގުޅުމަކަށް ރާއްޖެއިން ނިންމި ނިންމުމުގެ ސަބަބުން ބުރޫ ނާރާނެ ކަމަށެވެ.

"ޑީ-ކޮލޮނައިޒޭޝަނަކީ ޤައުމުތަކުން އެއަށް ބާރު އަޅާ، އދ އިން އެކަމަށް ބާރު އަޅާ ކަމަށް." ސަބަބު ފާހަގަ ކުރައްވަމުން މިއުވާން ވިދާޅުވިއެވެ.

ޗާގޮސްގެ މައްސަލައިގައި ސަރުކާރުން ކަންތައް ކުރަމުން އަންނަނީ ކަމުގެ ވާނުވާ ނޭނގޭތީ ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މުނައްވަރު ވިދާޅުވި ވިދާޅުވުމަށް ވެސް މިއުވާން ވަނީ ރައްދު ދެއްވާފައެވެ. މިއުވާން ވިދާޅުވީ، މި މައްސަލައިގައި ކަންކަން ކުރަނީ ވަރަށް ބޮޑަށް ދިރާސާ ކުރުމަށްފަހުގައި ކަމަށެވެ.

"އެއްވެސް ކަމެއް ނޭނގިއެއް ނުހިނގާ، ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް އިނގިގެން، ދިރާސާތަކެއް ކުރުމަށްފަހު ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއި މަޝްވަރާ ކުރެވި، އަޅުގަނޑުމެންގެ ލީގަލް ޓީމާއި، އިންޓަރނޭޝަނަލް ލީގަލް ޓީމާއި ގުޅިގެން ވަރަށް ކާމިޔާބު ކަމާއެކު މިހާތަނަށް ހިނގަމުން މިދަނީ" މިއުވާން ވިދާޅުވިއެވެ.

Ads by Ooredoo
  1. ބޮޑުތަކުރުފާނުހަވިއްތަ

    ގައުމު ވިއްކާ ބަޔަކު އަމިއްލަ ދަރިން ވިއްކަން ވެސް ޖެހިލުން ނުވާ ހާއިނުން ތަކެއް މިއަދު މިގައުމާއި ހަވާލުވެގެން މިތިބީ

  2. އާާދަމް

    މިގައުމު އެއްކޮށް ބަޔަކަށް ދީފީވިއްޔާ އަދި މާބޮޑަށް ގުޅުން ބަދަހިވާނެ ތިއީ ތެދުވާހަކައެއް މޮޔަޔަކު ބުންޏަސް ތެދެއްވާނީ ތެދަކަށް