Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޗާގޯސް މައްސަލައިގައި ފުށު އަރަނީ 3-4 ހާސް އަކަ ކިލޯމީޓަރާމެދު، އެއީ 5 އިންސައްތަ: ޕްރޮފެސަރު ޕަޔަމް

ޗާގޯސް މައްސަލައިގައި ފުށު އަރަނީ 3-4 ހާސް އަކަ ކިލޯމީޓަރާމެދު، އެއީ 5 އިންސައްތަ: ޕްރޮފެސަރު ޕަޔަމް

ރާއްޖެ އާއި މޮރިޝަސްގެ ބޯޑަރުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) މިހާރު ކުރިޔަށްދާ މައްސަލައިގައި ފުށުއަރަނީ 3،000 އާއި 4،000 އަކަ ކިލޯމީޓަރު ކަމަށް މި މައްސަލައިގައި ރާއްޖެ ތަމްސީލް ކުރައްވަމުން ގެންދަވާ ބައިނަލް އަޤްވާމީ ގާނޫނީ ޓީމްގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަޚަވަން ވިދާޅުވެއްޖެވެ.

މި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވަނިކޮށް، މައްސަލައިގެ ތަފްސީލް ހިއްސާކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާޗުއަލްކޮށް ބައިވެރިވެ ވަޑައިގަން އަޚަވަން ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމަށް މޮރިޝަސްއާއެކު ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައާ،އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ނިންމާފައިވާ ގޮތަށް ޗާގޯސް، މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި އދއަށް ހުށަހަޅާފައިވާ ގަރާރަށް ތާއީދު ކުރުމާއި ގުޅުމެއް ނެތް ކަމަށެވެ.

[caption id="attachment_165126" align="alignnone" width="1024"]<img class="wp-image-165126 size-large" src="https://cdn.dhen.mv/wp-content/uploads/2022/10/348385_3_9b7923e6ba521a2842b3223eb893c68d7b4b06da_large-1024x660.jpeg" alt="" width="1024" height="660" /> ފުށުއަރާ ހިސާބު ދަނބު ކުލައިން ފާހަގަ ކުރެވިފައި[/caption]

Advertisement
Allied — Dhen Online (box)

މި މައްސަލައިގެ ތަފްސީލް ހާމަ ކުރައްވަމުން އަޚަވަން އިތުރަށް ވިދާޅުވީ، ކޮންމެ ގޮތަކަށް މައްސަލަ ނިމުނު ކަމުގައި ވިޔަސް ރާއްޖޭގެ އިގްތިސާދީ ޚާއްސަ ސަރަހައްދެއް ނުގެއްލޭނެ ކަމަށެވެ. އަދި ފުށު އަރާ ސަރަހައްދު އެއްކޮށް ރާއްޖެއަށް ލިބެން ޖެހޭނެ ކަމަށް ބައެއް ފަރާތްތަކަށް ހީވެފައި އޮތަސް އެއީ ކަން ހިނގާނެ ގޮތް ނޫން ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފުށުއަރާ ސަރަހައްދު ދެ ބަޔަކަށް އެއްވަރަށް ބަހަނީކަމަށާއި އެއީ ރާއްޖެއަށް އަދި މޮރިޝަސްއަށް 43،000 އަކަ ކިލޯމީޓަރު ކަމަށެވެ. މިކަމުގައި ދެބަސްވުމެއް ނެތް ކަމަށާއި ދެބަސްވުން އުފެދެނީ 3،000 ނުވަތަ 4،000 ކިލޯ މީޓަރުގެ ސަރަހައްދަކަށް ކަމަށް ވިދާޅުވިއެވެ. އަދި ހިޔާލު ތަފާތުވާ ސަރަހައްދު ބަހަން ޖެހިގެން އުޅެނީ ރާއްޖޭން އދ. ގައި ވޯޓު ދޭ ގޮތެއްގެ ސަބަބުން ނޫން ކަމަށް ވިދާޅުވިއެވެ.

"ރާއްޖެއަށް މުހިންމެއް ނޫން ޗޯގޯސްގައި ބާރު ހިނގަނީ ކާކުގެތޯ ބަލާކަށް. މެރިން ޓައިމް އެއްބަސްވުމަކަށް ނާދެވި އޮތީ އެއްބަސްވުން ހަދަން ޖެހެނީ ކޮން ޕާޓީއަކާއެކުގައިތޯ (އިނގިރޭސި ވިލާތް ނޫނީ މޮރިޝަސް)ނޭނގޭތީ" އަޚަވަން ވިދާޅުވިއެވެ.

މައްސަލަ ޖެހިގެން އުޅޭ 5 އިންސައްތައާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، މެރިންޓައިމް ބޯޑަރު ކަނޑައަޅާއިރު، މޮރިޝަސް އިން މިން އަޅާފައިވަނީ ބްލެމެން ރީފުން ފެށިގެން ކަމަށެވެ. ނަމަވެސް އެ ބޯޑަރު ކަނޑައަޅަނީ ހިކިފަސް ރަށެއް އައްސޭރިފަށުން 200 މޭލު ކަމަށާއި ބްލެމެން ރީފަކީ ދިޔަ ބޮޑުވާއިރު ނޯންނަ ތަނަކަށްވުމުން ރާއްޖެއިން މައްސަލަ ޖެެއްސި ކަމަށެވެ. އެއީ ރަށެއްގެ ގޮތުގައި ޓްރައިބިއުނަލުން ބަލައިނުގަންނާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރެއްވޭ ކަމަށާއި ރާއްޖެއާ އެއްކޮޅަށް ނިމޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް