Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޗާގޯސްއަށް ސިޔާދަތީ ބާރު ހިންގުމުގެ މައްސަލައަކީ ރާއްޖޭގެ ސީދާ ބައިވެރިވުން އޮތް މައްސަލައެއް ނޫން: ފޮރިން މިނިސްޓްރީ

ޗާގޯސްއަށް ސިޔާދަތީ ބާރު ހިންގުމުގެ މައްސަލައަކީ ރާއްޖޭގެ ސީދާ ބައިވެރިވުން އޮތް މައްސަލައެއް ނޫން: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖޭގެ ދެކުނަށް އޮތް ޗާގޮސް އާކިޕެލާގޯގެ ސިޔާދަކީ ބާރުވެރިކަން ހިނގާ ޤައުމުގެ މައްސަލައަކީ މޮރިޝަސްއާއި އިނގިރޭސި ވިލާތާއި ދެމެދުގައި އޮތް މައްސަަލައެއް ކަމަށާއި، އެކަމަކީ ރާއްޖޭގެ ސީދާ ބައިވެރިވުން އޮތް މައްސަލައެއް ނޫން ކަމަށް ރާއްޖޭގެ ފޮރިންގް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޗާގޯސްގެ ރަށްތައް އިނގިރޭސި ވިލާތުން އިސްތިއުމާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން ދެން ހުށަހަޅާ ގަރާރަކަށް ރާއްޖެއިން ތާއީދު ކުރާނެކަން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

މިކަން ހާމަކޮށްފައިވަނީ ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހެޅި މައްސަލައިގެ އަޑު އެހުމުގެ ތެރެއިންނެވެ.

Advertisement
Ooredoo — Truecaller (box)

މިގޮތަށް ވިސްނުން ބަދަލުކުރުމަކީ އިޓްލޮސްގައި ހިނގާ މައްސަލަ މޮރިޝަސް ކޮޅަށް ނިންމަން އެޅުނު ބާރެއް ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

މިކަމާ ގުޅިގެން މިއަދު ފޮރިންގް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އދ ގެ އާންމު މަޖިލީހުގައި ދޭ ވޯޓުގެ މައްސަލަ އާއި ރާއްޖޭގެ އިން ކަނޑައެޅުމާއި ގުޅޭ ގޮތުން މިހާރު ޓްރައިބިއުނަލުގައިކުރިޔަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މި ވިސްނުން ބަދަލުކުރީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮތް ގުޅުމަށާއި ދިވެހިރާއްޖެ މިނިވަން ވީއްސުރެ އދ.ގެ އާންމު މަޖިލީހުގައި ގެންގުޅެމުން އަންނަ އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅު ސިޔާސަތަށް ބިނާކޮށެވެ. އަދި އެފަދަ ގައުމުތަކަށް ތާއީދުކުރުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ކޮންސިސްޓެންސީ ހިފެހެއްޓޭނެ ގޮތްކަމުގައި ފެންނާތީ އެގޮތަށް ނިންމީ ކަމަށް ބަޔާނުގައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް