ޚަބަރު

އިންޑިއާގެ ހިލޭ އެހީގެ ދަށުން 530 ސިވިލްސާވެންޓުން ތަމްރީންކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން 530 މުވައްޒަފުން ތަމްރީނުކޮށްފިއެވެ.

Ads by STELCO

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނީ މިހާތަނަށް މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގައި 530 އަށް ވުރެ ގިނަ ސިވިލް ސާވިސް މުވައްޒަފުން އިންޑިއާ އަށް ގޮސް ތަމްރީނު ހޯދާފައިވާ ކަމަށެވެ. މީގެތެރޭގައި ސިވިލް ސާވިސްގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނެއެވެ.

ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުން ތަމްރީންވުމަށް އިންޑިއާ އަށް ދަތުުރުކުރަނީ ދިވެހި ސިވިލް ސާވިސް މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމުގެ ގޮތުން ދިވެހި ސިވިލް ސާވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2019 ވަނަ އަހަރު އިންޑިއާއާއި އެކު ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުންނެވެ.

އިންޑިއާ އަށް ތަމްރީންވުމަށް މިހާތަނަށް 16 ބެޗެއްގައި ހިމެނިގެން މުވައްޒަފުން ވަނީ އިންޑިއާ އަށް ގޮސްފައެވެ.

އިންޑިއާ ހައި ކޮމިޝަނުން މިއަދު ވަނީ މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން އިންޑިއާ އަށް ފުރުމަށް ހަމަޖެހިފައިވާ 17 ވަނަ ބެޗްގެ މުވައްޒަފުންނާއި ބައްދަލުކޮށް ލިޔުން ހަވާލުކޮށްފަ އެވެ. މިފަހަރުގެ ތަމްރީން ޕްރޮގްރާމް ކުރިއަށްދާނީ މި މަހުގެ 31 އިން އަންނަ މަހުގެ 11 ގެ ނިޔަލަށް ނިއުދިއްލީ އަދި މަސޫރީގަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!