Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޯޓަށް ނުގެންގޮސް އަރުޝަދު ދޫކޮށްލައިފި

ކޯޓަށް ނުގެންގޮސް އަރުޝަދު ދޫކޮށްލައިފި

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ހާލިދު މިއަދު ހައްޔަރުކުރުމަށް ފަހު ދެންމެގެ ވަގުތެއްގައި ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު އަރުޝަދު މިއަދުގެ ވަގުތެއްގައި ދޫކޮށްލައިފައިވާ ކަމަށެވެ. ނަމަވެސް އޭނާ ދޫކޮށްލި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

އަރުޝަދަކީ 2020 ވަނަ އަހަރު ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 09 ކިލޯގެ ޑްރަގް މައްސަލައިގެ އެންމެ އިސް މީހާ ކަމަށާއި, މިދިޔަ އަހަރުގެ ޑިސެމްބަރުގައި ފުލުހުން އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލައިގެ އެންމެ އިސް މީހާކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

Advertisement
Allied Insurance — Square (box)

އަރުޝަދާއި އިތުރު ބައެއްގެ މައްޗަށް އެންމެ ފުރަތަމަ ދައުވާކުރީ، މިދިޔަ އަހަރުގެ ކުރީކޮޅު މާލޭގެ ބައެއް ގެތައް ފާސްކޮށް އަތުލައިގަތް 9 ކިލޯގެ މަސްތުވާތަކެއްޗާއި، 4.6 މިލިއަން ރުފިޔާ ފެނުނު މައްސަލާގައެވެ. އެ މައްސަލާގައި 8 މީހެއްގެ މައްޗަށް ދައުވާ ކުރިނަމަވެސް ކުށް ސާބިތުވީ ދެމީހެއްގެ މައްޗަށެވެ. އަދި އެ މައްސަލަ މިހާރުއޮތީ ހައި ކޯޓުގައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް