Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރާ ވިއްކާތީ މާލޭގައި އުޅެން ދަތިވެއްޖެ: ޖާބިރު

ރާ ވިއްކާތީ މާލޭގައި އުޅެން ދަތިވެއްޖެ: ޖާބިރު

ރާ ވިއްކާތީ މާލޭގައި އުޅެން މިހާރު ދަތިވެފައިވާ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ މާލޭގައި ރާ ވިއްކަމުންދާ ކަމަށާއި މިކަމުގެ ސަބަބުން މާލޭގައި އުޅެން މިހާރު ދަތިވެފައިވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ މިތަނަކީ ރާ ވިއްކުން މަނާ ތަނެއް ކަމަށާއި ބްރިޖް އެޅުމުން މާލެ ވެސް ހުޅުލޭގެ އިހުތިސޯސްގެ ތެރެއަށް މިހާރު ވަދެފައިވާ ކަމަށެވެ. “އެހެންވެގެން އަޅުގަނޑު މާލޭގައި އުޅެން ދަތިވާތީވެ، މި މަޖިލިސް ބަދަލުކޮށްދެއްވާށޭ ރައީސް ކާށިދޫ އަށް” ޖާބިރު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ޖާބިރު ވިދާޅުވީ ކާށިދޫގައި އެކަހަލަ ކަމެއް ވިޔަ ނުދޭނެ ކަމަށާއި ރާއްޖޭގައި ރާ ވިއްކުމަކީ ކާކު ހުއްދަ ދީގެން ހިނގާ ކަމެއްތޯ ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް