ދުނިޔެ

އިނގިރޭސި ވިލާތާއި އެމެރިކާ، ރަޝިއާއި ޗައިނާއާ ދެކޮޅަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިނގިރޭސި އާ ބޮޑުވަޒީރު ރިޝީ ސުނަކްއާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން ގުޅި ވަޑައިގެން ރަޝިއާއާއި ޗައިނާއާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެއްޖެވެ.

Ads by Sosun Fihaara

އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރިޝީ ސުނަކް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރޭ އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ އެކު ފޯނުން މަޝްވަރާ ކުރެއްވި ކަމަށެވެ. ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި، ޔޫކްރޭން މައްސަލައިގެ އިތުރުން، ޗައިނާގެ އަސްކަރީ ކުރިއެރުންތަކާއި އުތުރު ކޮރެއާގެ ނިއުކްލިއާ ނުރައްކާތައް ވެސް ހިމެނެ އެވެ.

އޭގެ އިތުރުން، ބައިނަލްއަގުވާމީ މުޖްތަމައުގެ ސުލްހަ އާއި ކުރިއެރުމަށްޓަކައި، އެމެރިކާ އާއި އިނގިރޭސި ވިލާތާ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގަތެވެ. އަދި މިހާރު ޔޫކްރޭންގައި ހިންގަމުންދާ އުދުވާނުގެ މައްސަލައިގައި ރަޝިޔާ ޒިންމާދާރު ކުރުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރެއްވުމަށް ވެސް ދެ ބޭފުޅުން އެއްބަސްވެވަޑައިގަތެވެ.

މި މަޝްވަރާތަކާ ގުޅޭ ގޮތުން އިނގިރޭސި ބޮޑުވަޒީރުގެ އޮފީސް، ޑައުނިން ސްޓްރީޓް 10 އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރާނެ ދާއިރާތަކާ ގުޅޭ ގޮތުންނެވެ.

ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރިޝީ އެންމެ ފުރަތަމަ ގުޅުއްވައި މަޝްވަރާ ކުރެއްވީ ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ އެވެ. ޒެލެންސްކީއާ އެކުގައި ކުރެއްވި މަޝްވަރާތަކުގައި، ޔޫކްރޭންގެ ދިފާއުގައި އެ ގައުމުގެ ސިފައިން ކުރަމުންދާ ހަނގުރާމަ އަށް އިނގިރޭސި ވިލާތުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރިޝީ ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!