ހޯމް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާނު ކަހަލަ ފާސިދެއްގެ ބަސް ދިވެހިން ޤަބޫލެއް ނުކުރާނެކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ޝިފާޤް މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ އިމުގެ މައްސަލައިގައި ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭފަދަ ނިންމުމެއް މި ސަރުކާރުން މިހާތަނަށް ނިންމާފައެއް ނޯންނާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވުމުން އިމްރާން ވަނީ އެއީ ތެެދު ބަސްފުޅެއް ކަމަށް ހެކިވެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.
އިމްރާނަށް ރައްދު ދެއްވަމުން ހިސްޓޯ ވިދާޅުވީ ދުނިޔޭގައި ލެއްވިހާ ހެކި އެބަހުއްޓޭ ކިޔައިގެން ޤައުމު ފަސާދަކުރި ފާސިދަކާއި, ޤައުމު ވިއްކާލި ޣައްދާރެއްގެ ބަސް ދިވެހިން ޤަބޫލެއް ނުކުރާނެ ކަމަށެވެ.
''ހުރިހާ ކަމެއްގައި ދަންނަކަން ބުނަން ނުހަދާ! ދުނިޔޭގަ ލެއްވިހާ ހެކި އެބަހުއްޓޭ ކިޔައިގެން ޤައުމު ފަސާދަ ކުރި ފާސިދަކާއި ޤައުމު ވިއްކާލި ޣައްދާރެއްގެ ބަސް ދިވެހިން ޤަބޫލެއް ނުކުރާނެ. ބާގައިގެ މީހުންނާ ތިޔަ ވާހަކަ ދައްކާ.''
ހިސްޓޯ ވިދާޅުވި ގޮތުގައި ތަޙުޤީޤީ ވުޒާރާއާއި, އިސްލާމީ ޝިޢާރު ފާޅުކޮށް ނެގެހެއްޓުމުގެ ވުޒާރާ ޙިޞާރުކޮށްގެން ތިބެ, ދިވެހި ތާރީޚުގައި ހިންގި އެންމެ ބޮޑެތި މުންކަރާތްތައް ފަސްއަޅައި ފޮރުވާލީ ޢަދާލަތު ޕާޓީންނެވެ. އަދި އިސްލާމްދީނުގެ މަތީގައި މި ޤައުމު ބޭއްވޭނީ އިމްރާންފަދަ ފާސިދުންގެ ކިބައިން މިޤައުމު މިންޖުކޮށްގެންކަމަށް ވެސް ހިސްޓޯ ވިދާޅުވިއެވެ.
ތީތެދެން ގިނަދިވެހިންނުކުރާނެގަބޫލެއް އޭނާއަށްތައުރީފުކުރާމީހުންވެސްގަބޫލުކުރޭ ތައުރީފުކުރަނީމަލާމާތކުރުމުގެގޮތުށް