Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ދުނިޔެ

އިމްރާން ޚާނަށް ސަޕޯޓް ކުރާ ނޫސްވެރިޔާ މަރާލި ގޮތް ހޯދަން އިންކުއަރީ ކޮމިޓީއެއް

އިމްރާން ޚާނަށް ސަޕޯޓް ކުރާ ނޫސްވެރިޔާ މަރާލި ގޮތް ހޯދަން އިންކުއަރީ ކޮމިޓީއެއް

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކެންޔާގެ ނައިރޯބީގައި ބަޑިޖަހައި މަރާލި ޕާކިސްތާނުގެ ތަހުގީގީ ނޫސްވެރިޔާ އަރުޝަދު ޝަރީފްގެ މަރުގެ ފަހަތުގައި ވާ ބަޔަކު ބެލުމަށް ކެންޔާއަށް ދާނެ އިންކުއަރީ ކޮމިޓީއެއް އެކުލަވާލުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ނިންމަވައިފިއެވެ.

ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީގެ އިސް އޮފިޝަލުންނާއި މަދަނީ އިންޓެލިޖެންސް އެޖެންސީއެއްގެ މެމްބަރަކު ހިމެނިވަޑައިގަންނަވާ ދެ މެމްބަރުންގެ މައްޗަށް އެކުލެވޭ މި ކޮމެޓީގެ ހޯދުންތައް ދާޚިލީ ވުޒާރާއަށް ހުށަހަޅާނެ ކަމަށް ބުދަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވެއެވެ.

ތަހުގީގީ ކޮމެޓީ އިއުލާންކޮށްފައި މިވަނީ ޕާކިސްތާނުގެ އިތުރުން އދ އިން ވެސް މިކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ގޮވާލާފައި ވަނިކޮށެވެ.

Advertisement
Allied — Dhen Online (box)

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އޭނާ މަރާލި ސަބަބު "ރަނގަޅަށް" ބަލަން ޖެހޭ ކަމަށެވެ. އަދި ތަހުގީގުގެ ނަތީޖާ އަވަހަށް ހިއްސާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކެންޔާގެ ފުލުހުން ވަނީ އުމުރުން 49 އަހަރުގެ ސީނިއާ ނޫސްވެރިޔާ މަރާލާފައި ވަނީ އޮޅިގެން ކަމަށް ބުނެފައެވެ. އޭނާއަކީ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންއަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އިމްރާން ޚާން ވެރިކަމުން ދުރުކުރުމުން އޭނާ ވަނީ ޕާކިސްތާނު ދޫކޮށް ގޮސްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް