Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ޕާކިސްތާންގެ މަޝްރަޙް ގުޑުވާލާވަރުގެ މުޒާހަރާއަކަށް ތައްޔާރުވަނީ

ޕާކިސްތާންގެ މަޝްރަޙް ގުޑުވާލާވަރުގެ މުޒާހަރާއަކަށް ތައްޔާރުވަނީ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާއި އެމަނިކުފާނަށް ތާއީދުކުރާ އެތައް ހާސް ބަޔަކު އަވަސް އިންތިޚާބެއް ބޭއްވުމަށް ސަރުކާރަށް ޕްރެޝަރު ކުރުމުގެ ގޮތުން ވެރިރަށަށް އިސްލާމްއާބާދުގައި މުޒާހަރާއެއް ކުރަން ނިންމައިފިއެވެ.

މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓަކުން މިދިޔަ އޭޕްރީލް މަހު މަގާމުން ދުރުކުރި ފަހުން އިމްރާން ވަނީ ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި އެއްވުންތައް ބާއްވައި، އިމްރާންގެ ސަރުކާރުން އިޤްތިސާދީ ކާރިސާއިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތާއި ދެކޮޅަށް އަޑުއުފުލާފައެވެ.

އިމްރާންގެ ވިސްނުން ހުރީ އަންނަ ހަފުތާގައި ވެރިރަށް އިސްލާމްއާބާދަށް ވަނުމުގެ ކުރިން އިތުރު ބައެއް ސަރަހައްދުތަކުގައި މުޒާހަރާކޮށް، މަޑު މަޑުން މުޒާހަރާގެ ބައިވެރިން ވެރިކަން ކުރާ ރަށަށް ޖަމާކުރުމަށެވެ.

Advertisement
Allied Insurance — Square (box)

އިމްރާން ވިދާޅުވީ އޭނާއާއެކު އެތައް ލައްކަ ބަޔަކު ތިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އޭނާގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީން ވަނީ އިހުތިޖާޖު ކުރުމުގެ ހުއްދަ ދިނުމަށް ވެރިރަށުގެ ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފަ އވެ.

އިރުމަތީގެ ސިޓީއެއް ކަމަށްވާ ލާހޯރުން ހުކުރު ދުވަހު 10،000 އެއްހާ މީހުން ފުރާފައިވާއިރު، އިތުރު ސިޓީތަކުން ވެސް މީހުން ދަނީ ޖަމާވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް